ރާއްޖެއިން ބޭރުގައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވުމަށްފަހު ރާއްޖޭގެ ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބުދުލްގައްޔޫމް މާދަމާ ރޭ މާލެވަޑައިގެންނެވުމަށް ހަމަޖައްސަވައިފިއެވެ.
މިވަގުތު ސިންގަޕޫރުގައި ހުންނެވި ކުރީގެ ރައީސް މައުމޫން ވީނިއުސްއަށް ވިދާޅުވީ މާދަމާ ރޭ 10:15 ގައި ރާއްޖެ ވަޑައިގަންނަވާނެކަމަށެވެ.
ރައީސް މައުމޫން ގިނަ ދުވަސްތަކެއް ވަންދެން ރާއްޖެ ވަޑައިނުގެން ހުންނެވުމާއި ގުޅިގެން ގިނަ ބަޔަކު ވަނީ ރައީސް މައުމޫން ރާއްޖެ ވަޑައިނުގެން ހުންނެވީ މިސަރުކާރުން އެމަނިކުފާނު ހައްޔަރުކުރާނެތީ އެކަމާއި ގުޅިގެންކަމަށް ބުނެފައެވެ.
ނަމަވެސް ރަައީސް މައުމޫން މިއަދު ވިދާޅުވީ އެމަނިކުފާނު ހައްޔަރުކުރަންޖެހޭ އެއްވެސް ސަބަބެއް ނޯންނާނެކަމަށާ ހައްޔަރުކުރައްވާފެނެތީ ބިރު ނުގަންނަކަމަށެވެ. އަދި ހައްޔަރުކޮށްފާނެތީ އެއްވެސް އިރަކު އެމަނިކުފާނު ޖެހިލުންނުވާކަމަށަ ފިއްލަވައިެގން ނޫޅުއްވާނެކަމަށެވެ.
ރައީސް މައުމޫން ވިދާޅުވީ އެމަނިކުފާނު ރާއްޖެއިން ބޭރަށް ކުރެއްވި ދަތުރުފުޅު ދިގުވެގެންދިޔައީ އާއިލީ ބޭފުޅަކު މާބޮޑަށް އާލާސްކަންފުޅާ އުޅުއްވީކަމަަށެވެ.
ރައީސް މައުމޫންގެ އަނބިކަނބަލުން މެޑަމް ނަސްރީނާ އިބްރާހިމްގެ ކޮއްކޮ ފަރީޝާ އިބްރާހިމް ވަނީ ކެންސަރަށް ފަރުވާ ހޯއްދަމުން ގެންދަވަނިކޮށް ސިންގަޕޫރުގައި އަވަހާރަވެފައެވެ.
ރައީސް މައުމޫން މާދަމާރޭ މާލެވަޑައިގަތުމަށް ހަަމަޖެހިފައިވާއިރު، އެމަނިކުފާނު ވަނީ މިސަރުކާރަށް ކުރައްވަމުން އައި ތާއީދު އަނބުރާ ގެންދަވާފައެވެ. އަދި ދުވަަހަކުވެސް ދެން މިސަރުކާރަށް ތާއީދުނުކުރައްވާނެކަމަށާ ރައީސް ޔާމީން އިތުުރު ދައުރަކަށް ހޮވައިދިނުމަށް އެހީތެރިވެނުދެއްވާނެކަމަށް ވަނީ ވިދާޅުވެފައެވެ.
މިކަމާއި ގުޅިގެން ރައީސް މައުމޫނަށް ތަފާތު ފިއްތުންތައް ކުރިމަތިކޮށް، އެމަނިކުފާނުގެ ސެކިއުރިޓީ ދަށްކޮށް، އިނާޔަތްތައް ކުޑަކޮށް، އެންމެފަހުން ޕީޕީއެމްގެ ރައީސްކަމުގެ މަގާމުން އެކަހެރިކޮށް، ޕާޓީގެ މެންބަރުކަމުންވެސް މިހާރު ވަނީ ވަކިކޮށްފައެވެ.
ރައީސް މައުމޫން ގެންދަވަނީ އިދިކޮޅު ސިޔާސީ ލީޑަރުންނާއި ގުޅިގެން ގައުމު އިސްލާހުކުރުމަށް މަސައްކަތްކުރަމުންނެެވެ.
ރައީސް މައުމޫން މާދަމާ ރޭ މާލެވަޑައިގަންނަވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ