ހުރިހާ ދިމާލަކުން ފެންނަނީ ހައްލަކީ ރައީސް ޔާމީން ކަމުގެ ހެކި: ޝިޔާމް

ވަށައިގެން ހުރިހާ ދިމާލަކުންވެސް ފެންނަމުންދަނީ ރައްޔިތުންނަށް ކުރިމަތިވެފައިވާ މައްސަލަތަކުގެ ޙައްލަކީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ކަމުގެ ހެކިތައް ކަމުގައި އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެމްގެ ނައިބުރައީސް އަދި ނައިފަރު ދާއިރާ މަޖިލިސް މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ޝިޔާމު މިފަދައިން ވިދާޅުވީ ކުރީގެ ނައިބުރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ގުޅިވަޑައިގަތް ހަފުލާގައި ޖަމީލު ދެއްކެވި ވާހަކަފުޅަކާ ގުޅިގެންނެވެ. ޑރ.ޖަމީލު ވިދާޅުވެފައިވަނީ ދިވެހިރާއްޖެއަށް މިވަގުތު ކުރިމަތިވެފައިވާ މައްސަލަތަކުގެ ޙައްލަކީ ރައީސް ޔާމީން ކަމުގައެވެ. އަދި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގައިވެސް ޖަމީލު ވިދާޅުވިއެވެ. ޝިޔާމު ވިދާޅުވީ ޑރ.ޖަމީލު އެވިދާޅުވި ވާހަކަފުޅަކީ ވަރަށް ރަނގަޅު ވާހަކަފުޅެއް ކަމުގައެވެ. އަދި ޝިޔާމު އިތުރަށް ވިދާޅުވި ގޮތުގައި ޤައުމުގެ ޙާލަތާއި ރައްޔިތުންނަށް މެދުވެރިވެފައިވާ ޙާލަތަށް ވިސްނަވާ ކޮންމެ ބޭފުޅަކަށްވެސް ރައީސް ޔާމީނަކީ ޙައްލުގެ ގޮތުގައި ފެނިވަޑައިގަންނަވާނެ ސަބަބުތައް މިވަނީ އަޅުގަނޑުމެން ވަށާލާފައެވެ. އޭގެ އިތުރަށް ރައީސް ޔާމީނުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ނައިބުރައީސް ޑރ.ޖަމީލު ޕީޕީއެމަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުހަބާ ވިދާޅުވާ ކަމުގައެވެ.
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ