ޓުއަރިޒަމް މިނިސްޓަރު އަހުމަދު އަދީބު ގެއަށް ވަޑައިގަތްނަވަން އުޅުއްވަނިކޮށް މަގުމަތިން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަދީބުއާ ދިމާކޮށްފި އެވެ.
ސޯޝަލް މީޑިޔާގައި މިހާރު އާއްމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، ގާސިމް އަދީބް އާއި ދިމާކުރައްވާފައި ވަނީ އިތުރު ބަޔަކާއި އެކު އެވެ. މަންޒަރުދުއް މީހަކު ބުނީ ގާސިމް އަދީބަށް ބަހުގެ ހަމަލާތަކެއް ދީފައިވެ އެވެ.
މިއަދު ހަވީރު ގާސިމް ފަރީދީ މަގުން ހިންގަވާފައި ވަޑައިގަންނަވަނިކޮށް އަދީބު ކާރުން ފައިބައިވަޑައިގެން ގެއަށް ވަޑައިގަންނަވަނިކޮށް ފެނިވަޑައިގެންނެވި ކަމަށް ވެއެވެ. އަދީބު ވަނީ ގެއަށް ވަދެވަޑައިނުގެން ގާސިމް ދައްކަމުންދިޔަ ވާހަކަތަށް އަޑުއަހަން މަޑުކޮށްލައްވާފަ އެވެ.
އެގޮތުން ގާސިމް ވަނީ ޑިމޮކްރެސީއަށް ހަދަނީ ކިހިތްނެއްހޭ ތިހެން ނުހައްދަވާށޭ ކިޔައި ސަރުކާރަށް ފާޑުކިޔާ އަދީބުއާ ދިމާލަށް ހަޅޭލަވާފަ އެވެ. ނަމަވެސް އަދީބު ވަނީ ހިނިތުންވުމަށްފަހު، "މިއީ ގާސިމް ވެސް ގެނައި ޑިމޮކްރެސީ" ކަމަށް ވިދާޅުވެފަ އެވެ.
އަދީބު ގެއަށް ވަޑައިގަންނަވަން ފެއްޓުމުން އެ ސަރަހައްދުގައި ތިބި ބައެއް މީހުން ވަނީ އަދީބަށް ތަރުހީބުދީ ވެސް ހަދާފަ އެވެ. އެގޮތުން "ސާބަސް ބްރޯއޭ" އޭ ކިޔާ އަޑުއުފުލާފައިވެ އެވެ.
އަދީބަށް ތަކުރާރުކޮށް އެކި ކަންމަތީ ބައްދަލުވުންތަކުގައި ގާސިމް ދަނީ ފާޑު ވިދާޅުވަމުންނެވެ.
މަގުމަތިން ގާސިމް އަދީބަށް ބަހުގެ ހަމަލާތަކެއް ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ