ކާނަލް ނާޒިމްގެ ޖަލުހުކުމް ސުޕްރީމް ކޯޓުން ބާތިލްކޮށްފި

ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ރިޓަޔަޑް މުހައްމަދު ނާޒިމްގެ މައްޗަށް އިއްވާފައިވާ ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ހުކުމް އެމަނިކުފާނުގެ މައްޗަށް ސާބިތުނުވާކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފިއެވެ.
ސުޕްރީމް ކޯޓުން މިގޮތަށް ހުކުމްކޮށްފައިވަނީ މި މައްސަލަ ކާނަލް ނާޒިމްގެ ފަރާތުން އިސްތިއުނާފަށް ހުށައެޅުމުން މިރޭ ނެރުނު ހުކުމްގައެވެ.
މިރޭ ނެރުނު ހުކުމުގައި ސުޕްރީމް ކޯޓުންވަނީ ދަށުކޯޓުތަކުން އިއްވި ހުކުމްތަކުގައި ގާނޫނީގޮތުން ބޮޑެތި މައްސަލަތަކެއް ހުރިކަމަށް ފާހަގަކޮށްފައެވެ.
ކާނަލް ނާޒިމްގެ މައްޗަށް ނުރައްކާތެރި ހަތިޔާރު އެތެރެކޮށް ގެންގުޅުމުގެ ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ކަނޑައަަޅައި އެގާރަ އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވަނީ، އެމަނިކުފާނުގެ ކޮޓަރިކޮޅުން ފިސްތޯލައަކާއި، ތިން ވަޒަނަކާއި، ނުރައްކާތެރި ޕްލޭނެއް ހިމެނޭ ޕެންޑްެރައިވެއް ފެނުނުކަމަށް ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ