ރައްޔިތުން މަޖިލީހުގެ އާ ރައީސް ގާސިމް އިބްރާހިމް ހުންނަވައިގެން ބާއްވާ ފުރަތަމަ ޖަލްސާ މިއަދު ފަށައިފިއެވެ.
މިއަދު މަޖިލިސް ޖަލްސާ ފެށިއިރު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ މެންބަރު އިބްރާހިމް ރިޒާ އެ މަގާމުން ވަކިކުރުމާއި އަބުރު ރައްކާތެރި ކުރުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނު އުވާލުމުގެ މައްސަލައިގެ ބަހުސްގެ އިތުރުން މީޑިއާ ކޮމިޝަންގެ ގާނޫނުގެ ބިލްގެ ބަހުސް ކުރިއަށް ގެންދިއުމަށް ވަނީ އެޖެންޑާ ކޮށްފައެވެ.
އަބުރު ރައްކާތެރި ކުރުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނު އުވާލަން އިދިކޮޅު ޕާޓީތަކުގެ ފަރާތުން މަޖިލީހަށް ހުށަހެޅީ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދެވެ.
ގާސިމް މަޖިލީހުގެ ރައީސްކަމަށް އިންތިހާބު ވެވަޑައިގެންފައި ވަނީ އެމަގާމުގައި ކުރިން ހުންނެވި އަބްދުﷲ މަސީހު އިސްތިއުފާ ދެއްވުމުންނެވެ. އެމަގާމަށް ގާސިމް އިންތިހާބު ވެވަޑައިގެންނެވީ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲއާއި ވާދަ ކުރައްވައިގެންނެވެ. ގާސިމަށް 62 ވޯޓު ލިބިލެއްވިއިރު އަބްދުއްރަހީމަށް ލިބިވަޑައިގެންނެވީ 16 ވޯޓެވެ.
މަޖިލީހުގެ ރައީސަކަށް ގާސިމް ހުންނަވައިގެން މިއަދުގެ ޖަލްސާ ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ