މަހުލޫފްގެ ޚާއްސަ ޝުކުރެއް ގާސިމް އިބްރާހިމަށް

ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހުގެ ލީޑަރޝިޕްގެ ދަށުން ރޭ ވެސް ވަރަށް މުހިންމު ނިންމުންތަކެއް ނިންމާފައިވާކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.
މަހުލޫފް މިހެން ވިދާޅުވެފައިވަނީ މިއަދު އެމަނިކުފާނު ކުރައްވާފައިވާ ޓްވީޓެއްގައެވެ.
މަހުލޫފްގެ ޓްވީޓްގައި ވިދާޅުވީ އިބްރާހިމް މުހައްމަދު ސާލިހުގެ ލީޑަރޝިޕްގެ ދަށުން ރޭ ވެސް ވަރަށް މުހިންމު ނިންމުންތަކެއް ނިންމާފައިވާކަމަށެވެ.
އަދި މި ނިންމުންތަކާއިއެކު މަހުލޫފް ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ޚާއްސަ ޝުކުރެއް އަދާކުރައްވާފައެވެ.
ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދާއި، ޖުމްހޫރީ ޕާޓީގެ އިދާރާގެ ރަސްމީ ޓްވިޓާ އެކައުންޓް ޓެގް ކުރައްވާ ކުރެއްވި ޓްވީޓްގައި މަހުލޫފް ވަނީ ގާސިމް އިބްރާހިމަށް ވަރަށް ޝުކުރު އަދާކުރައްވާފައެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި ރޭގެ ވަގުތެއްގައި ކޯލިޝަންގެ ސަރުކާރު އެކުލަވާލުމާއި ބެހޭގޮތުން ޕާޓީތަކުގެ ލީޑަރުންގެ މެދުގައި މުހިންމު ނިންމުންތަކެއް ވަނީ ނިންމާފައި،،
އެގޮތުން ޕާޓީތަށް ކޯލިޝަން ސަރުކާރުގައި ހިއްސާ ކުރާނެ މިންވަރު ވަނީ ކަނޑައަޅާފައެވެ.
މަހުލޫފްގެ ޝުކުރު ޖުމްހޫރީ ޕާޓީގެ ލީޑަރަށް ޚާއްސަކޮށްފައިވަނީ ސަރުކާރުގައި ޕާޓީތައް ހިއްސާކުރާނެ މިންވަރާއިމެދު އެހެން ލީޑަރުން ހުށައެޅުއްވި ހުށައެޅުއްވުމަށް ދޫދެއްވާ، ޖުމްހޫރީ ޕާޓީން ނަމޫނާ ދެއްކުމާއި ގުޅިގެންކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޕާޓީތަކުން ގުޅިގެން ވާދަކުރުމަށް ނިންމާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކާއި، ޖުމްހޫރީ ޕާޓީގެ ރަނިން މޭޓެއް ނެރުމަށް ހުރިހާ ލީޑަރުން ވަނީ އެއްބަސްވެފައެވެ.
ޕާޓީތަކުގެ ލީޑަރުންގެ މި ނިންމުމާއިއެކު ގިނަ ރައްޔިތުން ވަނީ އުފާފާޅުކޮށް، ލީޑަރުންނަށް މަރުހަބާ ކިޔާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ