އެމެރިކާއިން އަފްޣާނިސްތާނަށް އަލަށްފޮނުވާ ސިފައިންނަށް ތޯލިބާނުން ވަރުގަދަ އިންޒާރެއްދީފި.

ލިޔުނީ: އިބްނު ނޫހްއެމެރިކާއިން އަފްޣާނިސްތާނުހަނގުރާމައަށް އަލަށް ފޮނުވާ ސިފައިންނަށް ތޯލިބާނުން ވަރަށް ވަރުގަދަ އިންޒާރެއްދީފިއެވެ. އެމެރިކާގެ ރައީސް އޮބާމާ އަފްޣާނިސްތާނަށް ފޮނުވަން ތައްޔާރުކޮށްފައިވާ 40،000 ސިފައިންނަށް އިޝާރާތްކޮށް ތޯލިބާނުންގެފަރާތުންވާހަކަ ދެއްކެވި ޒަބީހުﷲމުޖާހިދު ވިދާޅުވި ގޮތުގައި އަފްޣާނިސްތާނަށް އަލަށް އަންނަ ސިފައިންނަށް އެމީހުން ހީނުކުރާވަރުގެ ގެއްލުމެއްދިނުމަށް ތޯލިބާނުން ތައްޔާރުވެފައިވާކަމަށެވެ. އޭގެތެރޭގައި ސީދާކުރިމަތިލުމަށްވެސް ވަރަށް ވަރުގަދައަށް ތައްޔާރުވެފައިވާކަމަށެވެ. އަދި އެމެރިކާސިފައިންނަށް އަފްޣާނިސްތާން ވެގެންދާނީ ހޫނުކޮށްފައިވާ ތަންދޫރު އަވަނަކަށްކަމަށް ވިދާޅުވިއެވެ.އެމެރިކާއާއި ނޭޓޯގެ 113،000 ސިފައިން މިހާރުވެސް އަފްޣާނިސްތާނުގައި ހަރަކާތްތެރިވަމުން ދެއެވެ. އުސާމާ އަތުލައިގަނެ އަލްޤައިދާގެ ދުވަސް ދުއްވާލުމުގެ ނަމުގައި ކުރަމުންގެންދާ މިހަނގުރާމައަށް 8 އަހަރުވެފައި ވާއިރު އެމެރިކާއިން ބޭނުންވާއެއްވެސް ނަތީޖާއެއް އަދި ނުނެރެވެއެވެ. އަދި ހިތްހަމަ ޖެހޭއެއްވެސް ނަތީޖާއެއް ނުނެރެވޭނެކަމަށް ޚުދު އެމެރިކާ ސިފައިންވެސް އެއްބަސް ވެއެވެ. އެއްވެސް ހަތިޔާރެއްނެއް ޢާއްމުންނަށް ހަމަލާދިނުން ފިޔަވާ މާބޮޑުކަމެއް މިބައިމީހުނަންނަކަށް ނުކުރެވެއެވެ. އަމިއްލަރައްޔިތުން ހިތްހަމަޖައްސައިދިނުމަށްޓަކައި ދޭތެރެދޭތެރެއިން އުސާމާ މަރުވެއްޖެއޭ ނޫނީ މަރާލެވިއްޖެއޭކިޔައިގެން އެބައިމީހުންގެ މީޑިއާތަކުގައި އަޑުފަތުރަމުންދެއެވެ. ނަމަވެސް އުސާމާގެ އާވީޑިއޯތައް ހުއްޓުމެއްނެތި ދޭތެރެދޭރެރެއިން ނުކުންނަމުންދެއެވެ.އެމެރިކާސިފައިން އެއްވެސްތަނެއްދޮރެއްބަލާނުލާ އާއްމުންނަށް ދޭހަމަލާތަކުގެ ސަބަބުން އަފްޣާނިސްތާނު ރައްޔިތުންވަނީ އެމެރިކާސިފައިންދެކެ އިންތިހާއަށް ރުޅިއައިސްފައެވެ. މިކަމާގުޅިގެން އެމެރިކާސިފައިންނާއިދިކޮޅަށް ތެދުވެ އެމީހުންނާއިދިކޮޅަށް ހަނގުރާމަކުރަމުންދާ ޖަމާޢަތްތަކާއި އާއްމުން ގުޅެމުންދާ ޢަދަދުވަނީ ވަރަށް މައްޗަށް އަރާފައެވެ.ތޯލިބާނުންގެ ފަރާތުން ވާހަކަދެއްކެވި ޒަބީހުﷲމުޖާހިދު އިތުރަށް ހާމަކުރެއްވިގޮތުގައި އެމެރިކާސިފައިންގެ އިތުރުން އެމެރިކާސިފައިންނަށްވާގިވެރިވާ ހުރިހާއެންމެނަށް ހަމަލާ ދެވޭނެއެވެ. ޒަބީހުﷲގެ އިތުރުން ތޯލިބާނުންގެ ކޮމާންޑަރެއްކަމަށްވާ ހިލާލްސަލަފީ ހާމަކުރެއްވިގޮތުގައި އިތުރަށް ދެލައްކަސިފައިން ފޮނުވިކަމުގައިވިޔަސް ﷲއިރާދަކުރެއްވިޔާ އެމީހުންބަލިކުރާނެ ކަމުގައެވެ.ހަމައެކަނި 2009 ވަނައަހަރަށް ބަލާލިކަމުގައިވިޔަސް އަފްޣާނިސްތާނުގައި މަރާލެވުނު އެމެރިކާސިފައިންގެ އަދަދު އެތައްސަތޭކައަކަށް އަރައެވެ. މިކަމާގުޅިގެން އެމެރިކާ ރައްޔިތުންގެ ނަފްރަތު ވަނީ އެމެރިކާސަރުކާރަށް ވަރަށް ބޮޑަށް އަމާޒުވެފައެވެ. އަދިހުރިހާސިފައިން އަނބުރާ ގެނައުމުގެ ގޮވެލިތައްވަނީ އިތުރުވެ،ބާރުވެފައެވެ. ނަމަވެސް ދުނިޔޭގެ އެންމެބޮޑު ޑިމޮކްރަސީކަމަށް ދަޢުވާކުރާއެމެރިކާގެ ހާލަތަކީތޯއެވެ. ރައްޔިތުން ކިޔާކިއުމަށް ބީރުކަންފަތެއްދީ ޢިރާޤަށާއި އަފްޣާނިސްތާނަށް އެތައްހާސްސިފައިންނެއް ފޮނުވާ އިތުރަށް ދުނިޔެ ނާމާން ކޮށްލުންފިޔަވައި އިތުރުކަމެއްބުޝްއަށްވެސްކުރެވިފައެއްނެތެވެ. ދެން މިޖެހުނީ މުސްލިމުންދެކެ މާލޯތްބެއްވާ އޮބާމާއާއެވެ. އޮބާމާމިހާރުއެވަނީ އިތުރު 40،000 ސިފައިން އަފްޣާނިސްތާނަށް ފޮނުވާ އިތުރު މުސްލިމުންތަކެއްކަތިލައި އެތައްއުޚްތުންނެއް ހުވަފަތް ކޮށްލުމަށް ތައްޔާރުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ