ޞިއްޙީ ދާއިރާގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކާއި ބެހޭ 2017 ވަނަ އަހަރުގެ ހެލްތު ޕްރޮފައިލް އާންމުކޮޮޮޮޮޮޮޮޮޮއްފި

ޞިއްޙީ ދާއިރާގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކާއި ބެހޭ 2017 ވަނަ އަހަރުގެ ހެލްތު ޕްރޮފައިލް އާންމުކޮޮޮޮޮޮޮޮޮޮއްފިއެވެ.
މިއަދު މިނިސްޓްރީ އޮފް ހެލްތުން ލޯންޗުކުރެވުނު ޞިއްޙަތާއި ގުޅޭ ދެމެހެއްޓެނިވި ތަރައްޤީގެ 2017 ވަނަ އަހަރުގެ ހެލްތު ޕްރޮފައިލް އެކުލަވާލާފައި ވަނީ މައިގަނޑު ގޮތެއްގައި ޞިއްޙީދާއިރާއާއި ގުޅުންހުރި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިކަމުގައިވާ ”ފުރިހަމަ ޞިއްޙަތާއި ދުޅަހެޔޮކަން“ މިލަނޑުދަނޑީގައި ހިމެނޭ 13 އަމާޒަށް ރިއާޔަތްކުރެވިގެންނެެެެެެވެ. ހަމަމިއާއެކު، ޞިއްޙަތަށް އަސަރުކުރުވާ އިތުރު ލަނޑުދަނޑިތަކުގެ މައްޗަށްވެސް މިރިޕޯޓުގައި އަލިއަޅުވާލެވިފައިވެެެެެއެވެެ.
ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކަކީ ސާސްކަފްގެ ލަނޑުދަނޑިތަކުގެ ތެރެއިން ހާސިލު ނުކުރެވޭ ލަނޑުދަނޑިތަކާއި ދެމެހެއްޓެނިވި ތަރައްޤީގެ އިތުރު ލަނޑުދަނޑިތައް ހިމެނޭގޮތަށް އެކުލަވާލެވިފައިވާ ފްރޭމްވޯރކެކެވެ.
ދިވެހިރާއްޖޭގައިވެސް މިއަމާޒަށް ވާސިލުވުމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓު އެންޑް އެނަރޖީގެ ބެލުމުގެ ދަށުން އެކިއެކި ވުޒާރާތަކުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެެެެވެެ. މިގޮތުން މިނިސްޓްރީ އޮފް ހެލްތުން ވަނީ ޞިއްޙީ ދާއިރާގެ ޤައުމީ ފެންވަރުގެ ދުރުރާސްތާ ޕްލޭނުކަމުގައިވާ ހެލްތު މާސްޓަރ ޕްލޭނު (2016-2025) ގައި ދެމެހެއްޓެނިވި ތަރައްޤީގެ ޞިއްޙަތާއި ގުޅުންހުރި ލަނޑުދަނޑިތައް ހިމަނާފައެެެެވެ. އެހެންކަމުން ހެލްތު މާސްޓަރ ޕްލޭނުގެ މަސައްކަތް ތަންފީޒުކުރެވޭ މިންވަރުގެ ތަފާސްހިސާބު އެކުލަވާލެވޭއިރު ދެމެހެއްޓެނިވި ތަރައްޤީގެ ޞިއްޙަތާއި ގުޅުންހުރި ލަނޑުދަނޑިތައްވެސް މޮނިޓަރ ކުރެވިގެންދާނެއެެެވެެ.
މިއަދު އާންމުކުރެވިފައިވާ ޕްރޮފައިލް ވެގެންދާނީ މުޅި ދާއިރާއިން ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް މިހާތަނަށް ކުރެވިފައިވާ މަސައްކަތްތައް ހުލާސާ ރިޕޯޓެއްގެ ސިފައިގައި ހުރިހާ ފަރާތްތަކަށްވެސް ހިއްސާކުރެވޭނެ ރިޕޯޓަކަށް. މީގެއިތުރުން 12 ޖަނަވަރީ 2016ގައި އެކުލަވާލާފައިވާ އެސްޑީޖީ ޓެކްނިކަލް ކޯޑިނޭޝަން މީޓިންގއިން ޞިއްޙަތާއި ގުޅުންހުރި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކުގެ މަސައްކަތް ވިލަރެސްކޮށް މޮނިޓަރކުރުމުގެ މަސައްކަތް ވަނީ ފަށާފައެެ.
މިއީ ކޮންމެ އަހަރަކު ނުވަތަ ކޮންމެ ދެއަހަރުން އެއްއަހަރު ނެރެވިގެންދާނެ ޕްރޮފައިލްއެއްކަމުން މިޕްރޮފައިލާއި ގުޅުންހުރި ދާއިރާތަކުގެ މަޢުލޫމާތުތައް ހިމެނުމަށްފަހު އާންމުކުރެއެެެެވެެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ