ރޮމްބަސް ފިހާރަ ފަޅާލައި، ގަހަނާތަކަކާއި ފައިސާ ވަގަށް ނަގައިފި
މާލޭގައި ހިންގާ މަޝްހޫރު ރޮމްބަސް ފިހާރަ ފަޅާލާ ފައިސާ ތަކަކާ ގަހަނާ ތަކެއް ވަގަށް ނަގައިފިއެވެ. ރޮމްބަސް މޯލްޑިވްސްގެ ފަރާތުން ސަންއާ ވާހަކަ ދެއްކި އޮފިޝަލަކު ބުނީ ޗާންދަނީމަގުގައި ހުންނަ ރޮމްބަސް ފިހާރައިގެ ބިއްލޫރިގަނޑު ފަޅާލާފައި ފިހާރައަށް ވަދެފައިވަނީ ރޭ މެންދަމު 2:59 ގައި ކަމަށެވެ. ބިއްލޫރިގަނޑު ފަޅާލާފައި ވަނީ މަރުތެޔޮލެއް ބޭނުންކޮށްގެން ކަމަށާއި ފިހާރާގައި ރިހީގެ ގަހަނާ އަޅާފައި ހުރި ޝޯކޭސްވެސް ފަޅާލައި، ގަހަނާތަކެއް ވަގަށް ނަގާފައިވާ ކަމަށް އޭނާ ބުންޏެވެ. "ސީދާ ކިހާ އެއްޗެއް ކަމެއް ގެންދިޔައީ ބުނާކަށް އަދި ނޭނގޭ. އިންވެސްޓްރީ ބަލަމުން މިހާރު މިދަނީ،" ރޮމްބަސްއިން ބުނީ ފިހާރައިގެ ވަތްގަނޑުގައި ހުރި ފައިސާތައްވެސް ވަގަށް ނަގާފައިވާ ކަމަށެވެ. "ލިބުނު ގެއްލުންް 35000 އަށް އަރާނެ ކަމަށް ލަަފާ ކުރެވެނީ،" ރޮމްބަސްގެ އޮފިޝަލު ބުންޏެވެ. އޭނާ ބުނީ ފިހާރައިގެ އެލާމް ސިސްޓަމަށްވެސް ގެއްލުން ދީފައިވާ ކަމަށެވެ. ރޮމްބަސް ފިހާރަ ފަޅާލައިގެން ވައްކަން ކުރި މައްސަލަ މިހާރު ފުލުހުންނަށް ހުށަހަޅާފައިވަކަމަށް ރޮމްބަސްއިން ބުންޏެވެ. މިދިޔަ ހަފްތާގައިވެސް މާލޭގައި ވިޔަފާރިވެރިއަކަށް ހަމަލާދީ ފައިސާތަކެއް ވަނީ ފޭރިގަނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ