ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ގޮނޑީގެ އިންތިހާބަށް ޕީޕީއެމްގެ ޓިކެޓް ހޯދަން ބާއްވާ ޕްރައިމަރީގައި ވާދަ ކުރެއްވުމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދޮށީ ދަރިކަލުން، ފާރިޝް މައުމޫނާއެކު ފަސް ބޭފުޅަކު ކުރިމަތިލައްވައިފި އެވެ.
ޕީޕީއެމް އިން ބުނީ، މިއަދު 4:00 ގައި މުއްދަތު ހަމަވިއިރު، ޕްރައިމަރީގައި ވާދަކުރަން ކުރިމަތިލެއްވީ މ.އަތޮޅު ކައުންސިލްގެ މެންބަރު މޫސާ ނަސީރު އަހުމަދާއި އެ ކައުންސިލްގެ ރައީސް މޫސާ ނަސީރާއި ދިއްގަރު ކައުންސިލްގެ ރައީސް އިމްރާން އިސްމާއިލް އާއި އެންވަޔަރުމަންޓް މިނިސްޓްރީގެ ނައިބުކަން ކުރައްވާ މުހައްމަދު ހާނިމް އަދި އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާ މައުމޫންގެ ދަރިކަލުން ފާރިޝް މައުމޫނެވެ. އޭނާ އަކީ ޕީޕީއެމްގެ ތަރުޖަމާން ވެސްމެ އެވެ.
ޕީޕީއެމްގެ އޮފީހުން ބުނީ، ނަންތައް އިވެލުއޭޓް ކުރުމަށް ފަހު، ޝަރުތު ހަމަވާ ފަރާތްތަކުގެ މެދުގައި ޕްރައިމަރީ ބާއްވާނެ ތާރީހެއް ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށެވެ.
ހުސްވެފައިވާ ދިއްގަރު ދާއިރާއަށް މެންބަރަކު ހޮވުމުގެ އިންތިހާބު މިހާރު ވަނީ ޖޫން ހަވަނަ ދުވަހު ބާއްވާ ގޮތަށް އަވަސްކޮށްފަ އެވެ. އެ އިންތިހާބަށް ކުރިމަތިލާ ފަރާތްތަކުން ފޯމް ހުށަހެޅުމުގެ މުއްދަތު ހަމަވާނީ މި މަހުގެ 28 ވަނަ ދުވަހަށެވެ.
ޕީޕީއެމް ދިއްގަރު ދާއިރާގެ ޕްރައިމަރީގައި ފާރިޝްއާއެކު ފަސް ބޭފުޅެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ