ސެޕްޓެމްބަރުގެ ނިޔަލަށް ދައުލަތުގެ ހަރަދުތަކުގެ ގޮތުގައި ރެކޯޑުކުރެވިފައިވަނީ 36.1 ބިލިއަން ރުފިޔާ އެވެ. އެއީ ގައުމީ އުފެއްދުންތެރިކަމުގެ 33.2 އިންސައްތަ އެވެ.
މި އަހަރުގެ ޖަނަވަރީން ފެށިގެން ސެޕްޓެންބަރުގެ ނިޔަލަށް ދައުލަތުގެ ހަރަދުތައް ގައުމީ އުފެއްދުންތެރިކަމުގެ %33.2 އަށް އަރާފައިވާކަން ފިނޭންސް މިނިސްޓްރީން މަހަކު އެއްފަހަރު އާންމުކުރާ މާލީ ހިސާބުތަކުން ދައްކައިފި އެވެ.
އިއްޔެ ފިނޭންސްއިން އާންމުކުރި ހިސާބުތަކަށް ބަލާއިރު ސެޕްޓެންބަރު މަހުގެ ނިޔަލަށް ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީއަކީ 27.1 ބިލިއަން ރުފިޔާ އެވެ. ފާއިތުވި އަހަރުގެ އެ މުއްދަތުގައި ލިބުނީ 25.9 ބިލިއަނެވެ. އެހެންކަމުން މި އަހަރުގެ އެ މުއްދަތުގައި ދައުލަަތަށް ލިބުނު އާމްދަނީވަނީ %4.5 އިތުރުވެފަ އެވެ.
ފިނޭންސް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން ދައުލަތުގެ އާމްދަނީ އެ މުއްދަތުގައި އިތުރުވިއިރު، ޖުމްލަ ގައުމީ އުފެއްދުންތެރިކަމަކީ 108.9 ބިލިއަން ރުފިޔާކަމަށް ފިނޭންސް މިނިސްޓްްރީގެ ހިސާބުތަކުން ދައްކަ އެވެ. އެހެންކަމުން ދައުލަތަށް އާމްދަނީގެ ގޮތުގައި އެ މުއްދަތުގައި ލިބުނީ ގައުމީ އުފެއްދުންތެރިކަމުގެ 24.4 އިންސައްތަ އެވެ.
ސެޕްޓެމްބަރުގެ ނިޔަލަށް ދައުލަތުގެ ހަރަދުތަކުގެ ގޮތުގައި ރެކޯޑުކުރެވިފައިވަނީ 36.1 ބިލިއަން ރުފިޔާ އެވެ. އެއީ ގައުމީ އުފެއްދުންތެރިކަމުގެ 33.2 އިންސައްތަ އެވެ. ނިމުނު އަހަރާ އަޅާބަލާއިރު ދައުލަތުގެ ހަރަދުތައް އިތުރުވީ 2.4 އިންސައްތައިންނެވެ،
އެ މުއްދަތުގައި ދައުލަަތުގެ ޖުމްލަ ބަޖެޓު ޑެފިސިޓަކީ 8.9 ބިލިއަން ރުފިޔާ އެވެ. ދައުލަތުގެ ހަރަދުތަކުން ދަރަނި އަދާކުރުމުގެ ހަރަދުތައް އުނިކޮށްގެން ހިސާބުކުރާ ޕްރައިމަރީ ޑެފިސިޓަކީ 5.2 ބިލިއަން ރުފިޔާ އެވެ. މި އަހަރު ފާއިތުވި އަހަރާ އަޅާބަލާއިރު ޖުމްލަ ޑެފިސިޓު އަދި ޕްރައިމަރީ ޑެފިިސިޓުވެސް ކުޑަކުރެވިފައިވެ އެވެ.
މި އަހަރުގެ ސެޕްޓެންބަރު މަހުގެ ނިޔަލަށް ލޯނު ދެއްކުމަށް 1.9 ބިލިއަން ހޭދަކުރިއިރު، އިންޓަރެސްޓުގެ ހަރަދުގެ ގޮތުގައި 3.6 ބިލިއަން ރުފިޔާ ހޭދަވެފައިވެ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ސެޕްޓެންބަރުގެ ނިޔަލަށް ދައުލަތުގެ ހަރަދު ޖީޑީޕީގެ %33.2 އަށް އަރައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ