އިދިކޮޅު މައި ޕާޓީގެ އިވެންޓެއް ބާއްވަން ސަލްޓަންޕާކު ދީފި އެވެ.
އެކަން ހާމަކޮށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބް ވިދާޅުވީ ސަލްޓަން ޕާކަކީ މަރާމާތު ކުރުމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން އެދިގެން މާލޭ ސިޓީ ކައުންސިލުން ހަވާލުކޮށްފައިވާ ތަނަކަށް ވާތީ އެތަން އެ މިނިސްޓްރީން މިހާތަނަށް ކުއްޔަށް ދީފައިނުވާނެ ކަމަށެވެ.
އަދި ކުއްޔަށް ދިނުމަށް އުސޫލެއް ކަޑައަޅާފައި ވެސް ނުވާ ކަމަށް ވިދާޅުވި އެވެ.
ނަމަވެސް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީން އިވެންޓެއް ބޭއްވުމަށް މާލެއިން ތަނެއް ހަމަނުޖެހިގެން އެތަން ހޯދުމަށް އެދިފައިވާތީ ސަލްޓަން ޕާކުގެ އިވެންޓް ބާއްވާ ތަން އެ ޕާޓީއިން އެދިފައިވާ ގޮތަށް ދިނުމަށް މިހާރު ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.
ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބް
އެމްޑީޕީގެ އިވެންޓެއް ބާއްވަން ސަލްޓަންޕާކު ދީފައި މިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުއާއި ދަ ޑިމޮކްރެޓްސް އަށް ނިސްބަތްވާ ގިނަ މެންބަރުންތަކެއް އެމްޑީޕީއާ ގުޅުން ފާހަގަކޮށް މަރުހަބާ ކިޔުމަށް ހަފުލާއެއް ބޭއްވުމަށް ތަނެއް ހަމަޖެއްސުމަށް ސަރުކާރުން ހުރަސް އަޅަމުންދާ ކަމަށް އެ ޕާޓީގެ ޗެއާާޕަސަން ފައްޔާޒް އިސްމާއީލް ވިދާޅުވެފައި ވަނިކޮށެވެ.
ފައްޔާޒު ރޭ ވިދާޅުވީ ނަޝީދު އާއި ދަ ޑިމޮކްރެޓްސް އަށް ނިސްބަތްވާ ގިނަ މެންބަރުންތަކެއް އެމްޑީޕީއާ ގުޅުން ފާހަގަކޮށް މަރުހަބާ ކިޔުމަށާއި އެމްޑީޕީގެ 20 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށްޓަކައި އެކި އިވެންޓްތައް ބޭއްވުމަށް ތަނެއް ހަމަޖެއްސުމަށް ކުރި މަސައްކަތަށް ސަރުކާރުން ހުރަސް އަޅަމުން ގެންދާތީ މި ހަފްލާތައް ބޭއްވުމަށް މިހާތަނަށް ވެސް އެއްވެސް ތަނެއް ހަމަޖެހިފައިނުވާ ކަމަށެވެ.
ރައީސް ސޯލިހާއި ފައްޔާޒް އަދި ރައީސް ނަޝީދު
އެހެން ކަމުން މިހާރު ގަސްތު ކުރަނީ ރައީސް މުހައްމަދު ނަޝީދުއަށް މަރުހަބާ ދެންނެވުމަށް 23 ޖޫންގެ ނިޔަލަށް އިތުރު ތަނެއް ހަމަނުޖެހިއްޖެނަމަ، މުލީއާގޭ ކަންމަތީގައި އެ ހަފްލާ ބޭއްވުމަށް ކަމަށް ފަައްޔާޒު ވިދާޅުވި އެެވެ.
ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ރޭ ވިދާޅުވީ ފުރިހަމަ ޑިމޮކްރެސީގެ އަސާސްތައް ރާއްޖޭގައި އަށަގެންނެވުމަށްޓަކައި، ޑިމޮކްރެސީގެ ހަމަތައް ދެމެހެއްޓުމަށްޓަކައި، ޒިއްމާދާރު ސިޔާސީ ހަރަކާތްތައް ހިންގުމާއި، ގައުމަށްޓަކައި އަޑު އުފުލުމަކީ ނުހަނު ބޭނުންތެރިކަމެއް ކަމަށެވެ.
ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު
އަދި ވިދާޅުވީ ކުރިން ހުއްދަ ނެގުމަކާނުލާ، މީގެކުރިން އެއްވެއުޅުމުގެ ހުއްދަ އޮންނަނީ ކާނިވާ ސަރަހައްދަށް އެކަނި ނަމަވެސް އެކަން ބަދަލުކޮށް މިސަރުކާރުން ވާނީ ކާނިވާ ސަރަހައްދުގެ އިތުރުން މާލޭ ހުޅަނގު ދެކުނު ހިއްކި ސަރަހައްދު (އިންޑަސްޓްރިއަލް ޒޯނުގެ ގޮތުގައި ކަނޑައެޅި) އާއި އުސްފަސްގަނޑާއި ރަސްފަންނަކީވެސް ކުރިން ހުއްދަ ނެގުމަކާނުލާ ސިޔާސީ ހަރަކާތް ހިންގޭނެ ތަންތަން ކަމުގައި ކަނޑައަޅާފައި ކަމަށެވެ.
އެހެންކަމުން މިގޮތަށް ކަނޑައެޅި، ފުރުސަތު ފުޅާކޮށްދެވިފައިވާ ކަންކަމާ ގުޅޭގޮތުން ރައްޔިތުންނަށް އޮޅޭފަދަ ގޮތަކަށް ސިޔާސީ ބޭފުޅުން ވާހަކަ ދެއްކުމުގެ ބަދަލުގައި ކަނޑައެޅިފައިވާ ހަމަތަކާއި އުސޫލުތަކާ އެއްގޮތަށް ކަންކަން ކުރިއަށް ގެންދިއުމަކީ ރޫލް އޮފް ލޯ އާއި ޑިމޮކްރެސީގެ މި ނިޒާމު ދެމެހެއްޓުމުގެ ވަރަށް މުހިއްމު އަދި އެހާމެ ރިވެތި އަސާސެއް ކަމަށެވެ.
ނަޝީދު ގުޅޭ ޖަލްސާ ބާއްވަން އެމްޑީޕީއަށް ސަލްޓަންޕާކު ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ