ހުޅުމާލޭގައި ކަފިހި ހުރަސް މަތިން މަގު ހުރަސްކުރި މީހެއްގެ ގައިގައި އެ މަގުން ދުއްވާފައި ދިޔަ ސައިކަލެއް ޖެހުމުން، ސައިކަލު ދުއްވަން އިން މީހާ މަޑުނުކޮށް ފިލި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.
ފުލުހުންގެ ވެބްސައިޓުގައި ބުނީ ހުޅުމާލެ 1 ގެ ނިރުކޮޅުމަގުގައި އައިއޯއެން ފިހާރަ ކުރިމަތީގައި މިދިޔަ ހޯމަ ދުވަހު ކަފިހި ހުރަހުން މީހަކު މަގު ހުރަސް ކުރަނިކޮށް ސައިކަލަކުން ޖެހި އެކްސިޑެންޓްވެގެން މިދިޔަ ހޯމަ ދުވަހުގެ 14:10 އެހައިކަންހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ 54 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށާއި އެ މީހާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާތީ އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަކަން ފުލުހުން ބުނެފައިވެއެވެ.
އެ މައްސަލައާ ގުޅިގެން އިއްޔެ ފުލުހުން ވަނީ ގއ. މާމެންދޫ، މޫންލައިޓްވިލާ، މުޙައްމަދު ނާޝިއު (20އ) ހައްޔަރުކޮށްފައެވެ. އޭނާއަކީ އެކްސިޑެންޓުވި ސައިކަލު ދުއްވި މީހާ ކަމަށާއި އޭނާއަކީ ސައިކަލު ދުއްވުމުގެ ލައިސަންސް ނެތް މީހެއްކަން ފުލުހުން ހާމަކުރިއެވެ.
އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން ހަ ދުވަހުގެ މުއްދަތެއް ދީފައިވެ އެވެ.
ނަޝީދު އަލުން އެމްޑީޕީއަށް ސޮއިކުރައްވާ ޖަލްސާ އަށް ސަލްޓަންޕާކު ހަމަޖައްސައިދީފި އާ ޓާމިނަލް ޖުލައި 26 ގައި ހުޅުވުމުގެ ކައުންޓްޑައުން ފަށައިފި ހުއްދައާ ނުލައި އެއްވުންތައް ބޭއްވޭ ތަންތަން ބޭނުންކުރެވޭނެ- ހީނާ ޓަވަރުތަކުގައި ބާކީ އޮތީ ޔޫޓިލިޓީ ކަނެކްޝަންތ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ