ލަންޑަން (މާޗް 17) - އަނިޔާގެ ސަބަބުން ޗެލްސީގެ ތަރި، ކޯލް ޕާމާ ބާކީކޮށް، އޭނާގެ ޖާގަ އަށް އިނގިރޭސި ގައުމީ ޓީމުގެ ސްކޮޑުގައި ނޮޓިންހަމް ފޮރެސްޓްގެ ކެޕްޓަން، މޯގަން ގިބްސް-ވައިޓް އަށް ފުރުސަތު ދީފި އެވެ.
އިނގިރޭސި ޓީމުގެ ކޯޗުކަމާ ރަސްމީކޮށް ހަވާލުވެ، ޖަރުމަނުގެ ކޯޗު ތޯމަސް ޓުޗެލް ނެގި ފުރަތަމަ ސްކޮޑުން، ޕާމާ ބާކީކުރަން ޖެހުނީ، ޗެލްސީގެ ޕްރެކްޓިހުގައި ލިބުނު އަނިޔާއަކާ ހެދި އެވެ. މި އަނިޔާއާ ހެދި، އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީން ރޭ އާސެނަލް އަތުން 1-0 އިން ބަލިވި މެޗު ވެސް ޕާމާ އަށް ގެއްލުނެވެ. މިއީ، 2024 ވަަނަ އަހަރުގެ އޭޕްރީލް މަހުގެ ފަހުން، އަނިޔާއަކާ ހެދި ޕާމާ އަށް މެޗެއް ގެއްލޭ ފުރަތަމަ ފަަހަރެެވެ.
ޕާމާގެ ބަދަލުގައި، އިނގިރޭސި ޓީމަށް ނެގި ގިބްސް-ވައިޓް އަކީ އެންމެ ފުރަތަމަ ނެރުނު ސްކޮޑުން ވެސް ޖާގަ ލިބެންޖެހޭ ކުޅުންތެރިއަކު ކަމަށް ގިނަ ބަޔަކު ވަނީ ބުނެފަ އެވެ.
އިނގިރޭސި އުމުރުފުރާ ގައުމީ ޓީމުތަކަށް ކުޅެ، ކާމިޔާބު ވެސް ހޯދާފައިވާ ގިބްސް-ވައިޓް އަންނަނީ މި ސީޒަނުގައި ނޮޓިންހަމް ފޮރެސްޓުން ހޯދަމުން އަންނަ ކާމިޔާބީތަކުގައި އިސް ދައުރެއް އަދާކުރަމުންނެވެ. ވުލްވްސް އަށް ކުރިން ކުޅުނު ގިބްސް-ވައިޓް އަކީ މި ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގުގައި އެއް ފެންވަރެއްގައި ކުޅުން ދެމެހެއްޓި މަދު މިޑްފީލްޑަރުން ތެރެއިން އެއް ކުޅުންތެރިޔާ އެވެ.
ވޯލްޑް ކަޕް ކޮލިފައިންގައި، އަލްބޭނިއާ އާއި ލެޓްވިއާއާ ދެކޮޅަށް ކުޅޭ މެޗުތަކަށް ނެގި އިންގްލެންޑްގެ ސްކޮޑުން މުޅިން އަލަށް ފުރުސަތު ދީފައިވަނީ، ނިއުކާސަލް ޔުނައިޓެޑްގެ ޑޭން ބާން އާއި އާސެނަލްގެ މައިލްސް ލެވިސް-ސްކެލީ އެވެ.
އަނިޔާގެ ސަބަބުން ޕާމާ ބާކީކޮށް ގިބްސް-ވައިޓް އިނގިރޭސި ޓީމަށް އަނިޔާގެ ސަބަބުން ޕާމާ ބާކީކޮށް ގިބްސް-ވައިޓް އިނގިރޭސި ޓީމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ