މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ، ކާރނިވަލް ސަރަހައްދުގައި އިމާރާތް ކުރެވިފައިވާ ސްޓޭޖް ތަޅާލާ ދެން ހަދާ ސްޓޭޖްގެ ޑިޒައިން އާންމުކޮށް އެ މަަސައްކަތް ބަޔަކާ ހަވާލުކޮށްފި އެވެ.
މި މަސައްކަތް ހަވާލުކޮށްފައި ވަނީ ޔޫ.އެޗް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއި އެވެ. ސިޓީ ކައުންސިލުން ބުނި ގޮތުގައި މާޗް މަހުގެ 14 ވަނަ ދުވަހުން ފެށިގެން ކުރިއަށް އޮތް 140 ދުވަސް ތެރޭގައި ސްޓޭޖްގެ މަސައްކަތް ނިންމަން ޖެހެ އެވެ. އަގަކީ 4.8 މިލިއަން ރުފިޔާ އެވެ.
އެހެން ކަމުން ޖުލައި މަހުގެ 31 ގެ ނިޔަލަށް ސްޓޭޖްގެ މަަސައްކަތް ނިންމަން ވަނީ ލާޒިމު ކޮށްފަ އެވެ.
Advertisement
ސްޓޭޖްގެ އާ ޑިޒައިން ވަރަށް ރީއްޗެވެ.
ކާނިވާ ސްޓޭޖަކީ އެކިއެކި އިޖުތިމާއީ ހަރަކާތްތަކަށާއި، ސިޔާސީ ހަރަކާތްތައް ހިންގުމަށް ބޭނުންކުރާ ތަނެކެވެ.
އެތަން، ވީރާނާވެ ވަރަށް ބޮޑަށް ހަލާކުވެފައިވާތީ، ޒަމާނީ ފެންވަރަށް އަލުން ތަރައްޤީ ކުރުމަށް މާލެ ސިޓީ ކައުންސިލުން ފާސްކޮށްފައިވަނީ މި އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.
މި ސްޓޭޖަކީ މަޖީދިއްޔާ ސުކޫލަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި އެ ސަރަހައްދުގައި ކާނިވާ ތަރައްގީ ކުރިިއިރު ހަދާފައިވާ ސްޓޭޖެކެވެ.
ކާނިވާގެ އާ ސްޓޭޖްގެ ހުންނާނީ މިހެން، ޖުލައި 31 އަށް ނިންމަން ޖެހޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ