ޖޭއެސްސީ އަދި އޭސީސީގެ މެމްބަރުންނަށް،
އަޅުގަނޑު މިސިޓީ މި ލިޔަނީ ތިރީގައިވާ އާޔަތުގައިވާ މަންމަނުމީހާ ފަދަ މީހަކަށް އަޅުގަނޑާއި ތިޔަބޭފުޅުންވެސް ނުވުމަށް އެދޭތީއެވެ. އަދި ތިރީގައިވާ އާޔަތުގައިވާ އިންސާފަށް އަމުރުކޮށްއުޅޭ މީހާ ފަދަ މީހަކަށް ވެވޭތޯއެވެ.
ކީރިތި ޤުރުއާންގެ ނަހުލް ސޫރަތުގެ 76 ވަނަ އާޔަތުގައި ދެފިރިހެނެއްގެ މިސާލުން، ﷲ މިސާލެއް ޖެއްސެވިއެވެ. އެ ދެމީހުންކުރެ އެކަކީ، އެއްވެސް ކަމެއްގެ މައްޗަށް ކުޅަދާނަވެގެންނުވާ މަންމަނެކެވެ. އަދި އޭނާއަކީ، އޭނާގެ ސާހިބު މީހާގެ މައްޗަށްވާ ބުރައެކެވެ. އޭނާ ކުރިމަތިކޮށްފި އެއްވެސް ދިމާއަކުން، ހެޔޮކަމަކާއިގެނެއް ނާދެތެވެ. އެމީހާއާއި، ސީދާވެގެންވާ ތެދުމަގުގައިހުރެ، އިންސާފަށް އަމުރުކޮށްއުޅޭ މީހަކާ ހަމަހަމަ ވެގެންވާނޭ ހެއްޔެވެ؟
ތިޔަ މެމްބަރުންނަކީ ﷲ ގަންދީ ހުވާކުރައްވައިގެން މަސްއޫލިއްޔަތުތަކެއް އަދާކުރަން ހަވާލުވެ ތިއްބެވި ބަޔަކަށްވާތީ ހުވަޔާ ހިލާފުނުވުމަށްވެސް ތިރީގައިވާ އާޔަތް ހަނދާންކޮށްދެމެވެ.
ނަހުލު ސޫރަތުގެ 91 ވަނަ އާޔަތުގައި ވަނީ ތިޔަބައިމީހުން ﷲއަށް އަހުދު ކޮށްފިނަމަ، އެ އަހުދު ތިޔަބައިމީހުން ފުއްދާށެވެ! އަދި ހުވާތައް ގަދަކޮށް، ކަށަވަރުކުރުމަށްފަހު، ތިޔަބައިމީހުން އެ ހުވާތައް އުވައިނުލާށެވެ! އެހެނީ، ހަމަކަށަވަރުން، ﷲއީ، ތިޔަބައިމީހުންގެ މައްޗަށް، ހެކިވެ ޖާމިނުވެވޮޑިގެންވާ ފަރާތެއް ކަމުގައި، ތިޔަބައިމީހުން ލާފައިވެއެވެ. ހަމަކަށަވަރުން، ތިޔަބައިމީހުން ކުރާ ކަންތައް، ﷲ ދެނެވޮޑިގެންވެތެވެ.
މި ވާހަކަތައް ތިޔަ މެމްބަރުންނަށް ހަނދާންކޮށް ދިނުމަށް އަޅުގަނޑަށް ފެނުނީ ރާއްޖޭގެ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކާމެދު ބޭއިންސާފުން ކަންތަކެއް ކުރެވޭކަމުގެ އިހުސާސް ރާއްޖޭގެ ހަބަރުތަކުން ލިބޭތީއެވެ.
ދިވެހިރާއްޖޭ މިނިވަން ދެ މުއައްސަސާ (އޭސީސީ އަދި ޖޭއެސްސީ) ގުޅިގެން، ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑު ކުރިކަމުގެ ހަބަރުތަކާ ގުޅިގެން ފާހަގަވި ކަންތައްތަކަކީ:
ޖޭއެސްސީ އަދި އޭސީސީ އަށް ރައްޔިތުންގެ އިތުބާރު ހޯދުމަށް، މައްސަލަ ދެފުއްފެންނަ ގޮތަށް ހުޅުވާލައިގެން ﷲއަށް ބިރުވެތިވާ ހާލު އިންސާފުވެރިކަމާއެކު މައްސަލަ ބަލައި، ފަނޑިޔާރުންގެ ކުށެއްވާނަމަ އެކުށް ސާބިތުކުރުމަށް ހެކި ދެއްކުމަށް ގޮވާލަމެވެ.
ހެޔޮއެދޭ
ދިވެހިދަރިޔެއް
---
ސިޔާސަތާ މެދު ފާޑެއް ކިޔަން އޮތީ ހެއްޔެވެ؟ ކަމެއް އިސްލާހުކުރަން މުއައްސަސާއެއްގެ ސަމާލުކަމަށް ގެންނަން ބޭނުންވަނީ ހެއްޔެވެ؟ ޝަކުވާއެއް ބޮޑުވެ އާއްމުންނާ ހިއްސާކުރަން ބޭނުންވީ ހެއްޔެވެ؟ އެހެން ކަމެއްގައި ވިޔަސް ހިޔާލެއް ހިއްސާކުރަން ބޭނުން ހެއްޔެވެ؟
ކިޔުންތެރިންގެ ހިޔާލާއި ފިކުރު މުޖުތަމައުގެ ތެރެއަށް ދޫކޮށްލުމަށް "އަދަދު"ން ތަނަވަސްކޮށްދީފައި ވަނީ "ސިޓީބިިޓީ" އެވެ. ހިޔާލުތައް ލިޔުމަށް ތިރިކޮށްލުމަށް ފަހު، "އަދަދު"ގެ އެޑިޓަރަށް އެޑްރެސްކޮށް [email protected] އަށް އީމެއިލްކޮށްލާށެވެ
ސިޓީބިޓީ: ޖޭއެސްސީ އަދި އޭސީސީގެ މެމްބަރުންނަށް ސިޓީބިޓީ: ޖޭއެސްސީ އަދި އޭސީސީގެ މެމްބަރުންނަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ