ހުޅުމާލެ ދެވަނަ ފިޔަވަހީގެ ޕާކެއް ކައިރީ ބިދޭސީއަކަށް ހަމަލާދީފި ސްރީލަންކާ ސަރުކާރުން ހަދިޔާކުރި ހައިވަކަރު ގަސްތައް ބަހަން ފަށައިފި ތިމާވެއްޓާއި ރަހުމަތްތެރި ބައިސްކަލު ރާއްޖެއަށް ތައާރަފްކުރުމަށް މަސައްކަތް ކުރާނަން: ރައީސް 9 ގުރާމުގެ މަސްތުވާތަކެއްޗާ

ހުޅުމާލޭގައި ދެމެހެއްޓެނިވި ދަނޑުވެރިކަން ކުރިއަރުވައި ދަނޑުވެރިންނަށް ފުރުސަތު ފަހިކޮށްދިނުމަށް ކުރިއަށްގެންދާ އާބަން ފާބިންގެ ދެވަނަ މަޝްރޫއުގެ ދަށުން ގާއިމްކޮށްފައިވާ ދަނޑުވެރިކަމުގެ ޕްލޮޓްތަކާއި މާރުކޭޓު އިފްތިތާހުކޮށްފިއެވެ.
އެޗްޑީސީން ނެރުނު ނޫސްބަޔާނެއްގައި ބުނީ ހުޅުމާލޭގައި ދެމެހެއްޓެނިވި ދަނޑުވެރިކަން ކުރިއަރުވައި، ދަނޑުވެރިންނަށް ފުރުސަތު ފަހިކޮށްދިނުމަށް ކުރިއަށް ގެންދާ އާބަން ފާބިންގެ ދެވަނަ މަޝްރޫއުގެ ދަށުން ގާއިމްކޮށްފައިވާ ދަނޑުވެރި ސްލޮޓްތަކާއި ޕްލާޒާ އިއްޔެ އިފްތިތާހުކޮށްފައިވާ ކަމަށެވެ.
އާރބަން ފާމިން މަޝްރޫޢު ކުރިއަށް ގެންދަނީ ހުޅުމާލެ ފޭސް 1 ގެ ރެހެންދި ސްކޫލު ކައިރީގައެވެ. މި މަޝްރޫޢުގެ ދެވަނަ ފިޔަވަހި އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ދަނޑުވެރިކަމާއި ބެހޭ ވަޒީރުގެ އިތުރުން، ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމީކޯ ބައިވެރިވެވަޑައިގެންނެވިއެވެ.
ޖަޕާނުގެ ހިލޭ އެހީގައި ޔޫއެންޑީޕީއާ ގުޅިގެން އެ ކުންފުނިން ހިންގާ “ކޮމިއުނިޓީ އާބަން ފާމިން” މަޝްރޫއަކީ ސަސްޓެއިނަބަލް އިކޮނޮމިކް އެމްޕަވަމަންޓް ފޯ ޑިވެލޮޕްމަންޓް އޮފް އެމްއެސްއެމްއީސް (ސީޑްސް) މަޝްރޫއުގެ ބައެއްގެ ގޮތުގައި ކުރިއަށް ގެންދާ މަޝްރޫއެކެވެ. މި މަޝްރޫޢުގެ އެންމެ ބޮޑު އެއް ބޭނުމަކީ ހުޅުމާލޭގައި ދެމެހެއްޓެނިވި ދަނޑުވެރިކަން ކުރިއަރުވައި، ދަނޑުވެރިންނަށް ބޭނުންވާ ވަސީލަތްތަކާއި އެކަށީގެންވާ ތަމްރީން ދިނުމުގެ އިތުރުން އެމީހުން ހައްދާ ބާވަތްތައް ވިއްކައި ދެމެހެއްޓެނިވި ގޮތެއްގެ މަތިން އެކަށީގެންވާ އާމްދަނީއެއް ހޯދޭނެ މަގުފަހިކޮށްދިނުމެވެ.
އެޗްޑީސީން ބުނި ގޮތުގައި، އުމުރުން 18 އަހަރުވެފައިވާ ކޮންމެ ދިވެއްސަކަށް ހުޅުވާލައިގެން ދަނޑު ބިންތައް ކުއްޔަށް ދީ، ހުޅުމާލޭގައި ދަނޑުވެރިން އިތުރުކުރުމަށް ހިންގޭ މި މަޝްރޫއުގެ ދަށުން މި ބުރުގައި 84 ދަނޑުވެރިން ތަމްރީނުކޮށް އެ މީހުންނަށް ސެޓްފިކެޓް ހަވާލުކޮށްފައިވާ ކަމަށެވެ.
މި މަޝްރޫޢު އިފްތިތާޙްކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ވަޒީރު ޑރ. މާރިޔާ ވަނީ މި މަޝްރޫޢުގެ ސަބަބުން އަރބަން ފާމިން މަސައްކަތަކީ ދެމެހެއްޓެނެވި ގޮތެއްގައިކޮށް މަންފާ ހޯދޭނޭ މަސައްކަތެއްކަން އެނގިގެން ހިނގައްޖެ ކަމަށެވެ. އަދި މިކަމުގެ ފައިދާ މުޅި ހުޅުމާލެއަށް ކުރާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ޑރ. މާރިޔާ ވަނީ މި މަޝްރޫޢުގެ ތެރެއިން މުޅި މުޖްތަމަޢުގެ ހުރިހާ ފަރާތެއް ތަމްސީލު ކުރުމުގެ ފުރުސަތު ލިބިގެންދާއިރު، މިކަމުން މުޖްތަމަޢުގެ ހުރިހާ އެންމެންގެ ބައިވެރިވުމާއެކު ދަނޑުވެރިކަމުގެ އީޖާދުތައް ކުރިއަރާކަން ފެނިގެންދާ ކަމަށް ވިދާޅުވެފައެވެ.
މި މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ދަށުން ދަށުން ދަނޑު ހެއްދުމަށް 28 ބިމެއް މިވަނީ ދޫކޮށްފައެވެ. މި ބިންތަކުގެ ކައިރީގައި 28 ޕޮޕް އަޕް މާކެޓް ސްޓޯލް ގާއިމްކޮށްފައިވާއިރު މި ސްޓޯލްތަކުގެ ބޭނުމަކީ ދަނޑުވެރިން ހައްދާ ބާވަތްތައް ފަސޭހައިން ވިއްކޭނެ ގޮތް މަގުފަހިކޮށްދިނުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ