އެމްއައިބީގެ 'ބިންގާ' މާހެފުން ބާއްވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ)ގެ 'ބިންގާ' ކަސްޓަމަރުންނަށް ހާއްސަކޮށްގެން މާހެފުމެއް ބާއްވައިފި އެވެ.
ވީ ކިހިނެއް؟ - ކުޑަކުދިންނަށް ހާއްސަ ކުޅިވަރުގެ ގިނަ ހަރަކާތްތަކާ އެކު މާލޭ ކުޅިވަރު އެކުވެނީގައި އިއްޔެ ހަވީރާއި ރޭ ކުރިއަށް ގެންދިޔަ މި ހަރަކާތަށް 2،000 ވަރަކަށް މީހުން ޒިޔާރަތް ކުރި ކަމަށް އެ ބޭންކުން ބުންޏެވެ.
ތަފްސީލް - އެ ހަރަކާތުގެ ތެރޭން ކުޑަކުދިން ޝައުގުވެރިވާ ކުޅިވަރުގެ ގިނަ ހަރަކާތްތަކެެއްގެ އިތުރުން ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ ވަނީ ވަރަށް އިބުރަތްތެރި ވާހަކައަކާ އެކު، ކުދިން ރޯދަމާހާ ގުޅިގެން ކުރި އެކި ސުވާލުތަކަށް ޖަވާބު ދެއްވައިފަ އެވެ.
އެ ހަރަކާތުގެ ރޭގަނޑު ދަންފަޅީގައި ރޯދަ އާއި ފިޓްނަސްއާ ގުޅޭ މައުލޫމާތު ދިނުން ވެސް އޮތެވެ. އެ މައުލޫމާތު ދެއްވީ އައިޝަތު ޝިފާނާ ވަޖީހެވެ.
އެނގުން މުހިއްމު - އެމްއައިބީ ބިންގާ އެކައުންޓު ބަންޑްލްގައި 3 އެކައުންޓެއް ހިމެނެ އެވެ.
އޭގެ ތެރޭގައި
ފައިސާ ރައްކާކުރެވޭ އެކައުންޓް
ދިގު މުއްދަތަށް ފައިސާ އިންވެސްޓްކުރެވޭ އެކައުންޓް 
ބިންގާ ޓްރާންސެކްޝަން އެކައުންޓް
ބިންގާގެ ނަމުގައި ކުރިއަށް ގެންދިޔަ ހަރަކާތުގައި އެކައުންޓް ހުޅުވަން ބޭނުންވާ ކުޑަކުދިންނަށް އެކައުންޓް ހުޅުވައި ބިންގާ ޑެބިޓް ކާޑަށް އެޕްލައިކުރުމާއި އިންޓަނެޓް ބޭންކިންގްއަށް އެދުމުގެ ފުރުސަތު ވެސް އޮތެވެ. ކާޑު އަދި އިންޓަނެޓް ބޭންކިން ދޫކުރަނީ ހަތް އަހަރުން މަތީގެ ކުދިންނަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ