ރ. އަތޮޅު ހޭންޑްބޯޅަ މުބާރާތް ހުޅުދުއްފާރުގައި ފަށައިފި

ޖުމުލަ 8 ޓީމު ވާދަކުރާ މި މުބާރާތުގެ ފުރަތަމަ މެޗްގައި މުބާރާތް ފެށުމުގެ ގޮތުން ބައްދަލުކުރީ ކިނޮޅަސް އަދި ހުޅުދުއްފާރު ހޭންޑްބޯޅަ ޓީމެވެ.މި މެޗް ފަސޭހަކަމާ އެކު ބޮޑު ފަރަގަކުން ކާމިޔާބުކުރީ ކިނޮޅަސް ޓީމެވެ. މި މެޗްގައި ކިނޮޅަސް ޓީމުން 20 ގޯލް ޖަހާފައިވާއިރު ހުޅުދުއްފާރު ޓީމަށް ޖެހިފައިވަނީ 6 ގޯލެވެ.މި މެޗްގެ ކްއީން އޮފްދަ މެޗްގެ މަގާމު ހޯދީ ކިނޮޅަސް ޓީމުގެ ތައުދިއްޔާއެވެ.މިއަހަރުގެ މުބާރާތް ހުޅުދުއްފާރުގައި ބާއްވާއިރު މިއީ އެ ރަށުގައި މި މުބާރާތް ބާއްވާ ފުރަތަމަ ފަހަރެވެ. މުބާރާތް ފެށުމުގެ ގޮތުން ކުލަގަދަ ރަސްމިއްޔާތެއް ވެސް މިއަދު ވަނީ ކުރިއަށް ގެންގޮސްފައެވެ.މި މުބާރާތުގައި މާދަމާ ކުޅޭ ފުރަތަމަ މެޗްގައި ބައްދަލުކުރާނީ މަޑުއްވަރީ އަދި ރަސްމާދޫއެވެ. އަދި ދެވަނަ މެޗްގައި ބައްދަލުކުރާނީ މާކުރަތު އަދި ދުވާފަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ