ޕާސްޕޯޓު ގެއްލުމުން ކުރާ ޖޫރިމަނާ 2،000ރ. އަށް ވުރެ ބޮޑު ނުވާ ގޮތަށް ހަދައިފި

ޕާސްޕޯޓް ގެއްލުމުން އަލުން ޕާސްޕޯޓް ހެއްދުމަށް ނަގާ ޖޫރިމަނާ 2،000ރ. އަށް ވުރެ ބޮޑު ނުވާ ގޮތަށް ދިވެހި ޕާސްޕޯޓާ ބެހޭ ގަވައިދު އިސްލާހުކޮށްފި އެވެ.
އިއްޔެ ގެޒެޓުކޮށްފައިވާ ޕާސްޕޯޓާއި ބެހޭ ގަވާއިދުގައި ވާގޮތުން، ޕާސްޕޯޓް ގެއްލިއްޖެނަމަ، ޕާސްޕޯޓު ހަދައިދެވޭނ،ީ ޕާސްޕޯޓު ގެއްލެން މެދުވެރިވި ހާލަތަށް ރިޢާޔަތްކޮށް އެ ފަރާތުގެ އިހުމާލު އޮތްކަން ނުވަތަ ނެތްކަން އަންގައިދޭ ޕޮލިސް ރިޕޯޓެއް ލިބުމުން ކަމަށެވެ.
އަދި ޕާސްޕޯޓު ގެއްލުނީ ނުވަތަ އިހުމާލުން ނަމަ، އައު ޕާސްޕޯޓެއް ހަދައިދެވޭނީ -/2000 ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުމަށްފަހ،ު އެ ޖޫރިމަނާގެ ފައިސާ މޯލްޑިވްސް
އިމިގްރޭޝަނަށް ދެއްކުމުން ކަމަށާ އެ ޖޫރިމަނާ ފައިސާ
ދައްކަންވާނ،ީ ޕާސްޕޯޓު ހެއްދުމަށް އެދި ހުށަހަޅާއިރު ކަމަށްވެސް ގަވާއިދުގައި ވެއެވެ. 
Advertisement
ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސ،ް ގެއްލުނު
ޕާސްޕޯޓަކީ މުއްދަތު ހަމަވެފައިވާ ޕާސްޕޯޓެއް ނަމ،ަ ޕޮލިސް ރިޕޯޓަކާ ނުލައި
އައު ޕާސްޕޯޓަކަށް އެދި ހުށަހެޅޭނެ ކަމަށާ، އަދި މިފަދަ ފަރާތްތަކަށް ޖޫރިމަނާއެއް
ކުރުމަކާ ނުލައި ޕާސްޕޯޓު އައުކޮށްދެވޭނެ ކަމަށްވެސް އޭގައި ވެއެވެ. 
މީގެ އިތުރުން، ޕާސްޕޯޓު ގެއްލިގެން ރިޕޯޓުކުރާ ފަރާތްތަކުގެ  ޖޫރިމަނާ ފައިސާ ނުދެއްކޭ ފަރާތްތަކަށ،ް
އެ ހިނދެއްގެ ހާލަތާއި މައްސަލައިގެ ކުޑަބޮޑުމިނަށް ބަލައ،ި ދަތުރުކުރުމުގެ ވަގުތީ
ލިޔުން ދޫކުރުމުގެ އިޚްތިޔާރު ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަނަށް
ލިބިގެންވާ ކަމަށްވެސް އިސްލާހުގައިވެއެވެ. 
މީގެ ކުރިން އޮންނަނީ ޕާސްޕޯޓު ގެއްލިއްޖެ ނަމަ 5،000ރ. އާއި 20،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރާށެވެ. އެއީ ފުރަތަމަ ފަހަރު 5،000ރ. އަދި ދެވަނަ ފަހަރު 10،000ރ. އަދި ތިން ވަނަ ފަހަރު 20،000ރ. އެވެ.
ގަވާއިދުގައި އިތުރަށް ބުނެފައިވާ ގޮތުން، 18 އަހަރުން ދަށުގެ ކުދިންނާއި ދިގު މުއްދަތަކަށް ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ހިއްސުގެ ނުވަތަ ސިކުނޑީގެ އުނިކަން ހުންނަ މީހުންގެ ޕާސްޕޯޓް ބެލެހެއްޓުމަކީ އެ މީހުންގެ ބެލެނިވެރިން ނުވަތަ ޝަރުއީ ބަލަދުވެރިންގެ ޒިންމާއެކެވެ.
ހަމަ އެހެންމެ، އެއް ޕާސްޕޯޓަށްވުރެ ގިނަ ޕާސްޕޯޓް ދޫކުރެވޭނެ ހާލަތްތަކާއި އޮފިޝަލް ޕާސްޕޯޓް އަދި ޑިޕްލޮމެޓިކް ޕާސްޕޯޓް ދޫކުރުމާއި އެއާ ގުޅޭ އެކި ކަންކަން ވެސް ގަވައިދުގައި ވަނީ އިސްލާހުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ