ރާއްޖޭގެ އެކި ހިސާބުތަކަށް މިއަދު ވެސް ވިއްސާރަ ކުރާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ސަމާލުވާން ބުނެފިއެވެ.
މެޓުން ބުނީ މިއަދު އިރުއޮއްސި 18:00 އާ ހަމައަށް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށް ލަފާ ކުރެވޭ އިރު، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާ 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
އަދި އެހެން ހިސާބުތަކަށް ގަޑިއަކު ގާތްގަނޑަކަށް 13 މޭލާއި 23 މޭލުގެ ބާރުމިނުގައި ވައި ގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ލަފާކުރެއެވެ. ހަަމައެއާއެކު ވިލާގަނޑުގައި ގާތްގަނޑަކަށް 45 މޭލު ބާރުމިނުގައި ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ބުނެފައިވެއެވެ.
މެޓުން ބުނީ މެޓުން ވިދާޅުވީ ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ބެލެވޭ އިރު، ދެކުނުގައި ރާޅުގެ އުސްމިން ގާތްގަނޑަކަށް 5 ފޫޓާއި 8 ފޫޓާއި ދެމެދުގައި ހުންނާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި އުތުރާއި މެދުރާއްޖެ ތެރޭގައިވެސް ގާތްގަޑަކަށް ހަތަރު ފޫޓާއި ހަތް ފޫޓާ ދޭތެރޭގައި ކަނޑުގެ ރާޅުތައް ބޮޑުވާނެ ކަމަށްވެސް މެޓް އޮފީހުން ލަފާ ކުރެއެވެ.
ރާއްޖޭގެ އެކި ހިސާބުތަކަށް މިއަދުވެސް މޫސުން ގޯސް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ