އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް އައި.ޖީ.އެމް.އެޗްގެ ބައެއްް ޚިދުމަތްތައް ވަގުތީގޮތުން ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށްފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.
އައި.ޖީ.އެމް. ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ވާ ގޮތުން އެ ހޮސްޕިޓަލުގެ ހިޔަލަ ވިންގުގެ ބައެއް ފަންގިފިލާތަކުގެ މަރާމާތުގެ މަސައްކަތަށް އެ ފަންގިފިލާތަކުން ދެމުންގެންދިޔަ ޚިދުމަތްތައް އެހެން ތަނަކަށް ވަގުތީ ގޮތުން ބަދަލުކޮށްފައިވާ ކަމަށެވެ.
ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކުރި ޚިދުމަތްތަކުގެ ތެރޭގައި، އޮބްސްޓެޓްރިކްސް އެންޑް ގައިނީ އިމަރޖެންސީގެ ޚިދުމަތްތަކާއި ލޭބަރ ރޫމް އަދި ލޭބަރ އިންޑަކްޝަން ޔުނިޓުގެ ޚިދުމަތްތައް ހިމެނެއެވެ. މިހާރު މި ޚިދުމަތްތަށް ދަރުމަވަންތަ ހޮސްޕިޓަލުގެ 17 ވަނަ ފަންގިފިލާއިން ލިބޭނޭ ކަމަށް އައި.ޖީ.އެމް.އެޗުން ބުނެއެވެ.
އައިޖީއެމްއެޗުން ވަނީ އެތަނުގައި ހިންގަމުންއައ ވާރޑް އޭ އަދި ވާރޑް ބީގައި ހިމެނޭ ވާރޑް އާއި ކޮޓަރިތައް ދަރުމަވަންތައް ހޮސްޕިޓަލުގެ 18 އަދި 19 ވަނަ ފަންގިފިލާއަށް ވަގުތީގޮތުން ބަދަލުކޮށްފައެވެ. ގައިނީ ތިއޭޓަރުގެ ޚިދުމަތްތައްވެސް ވަގުތީގޮތުން ދަރުމަވަންތަ ހޮސްޕިޓަލުގެ 12 ވަނަ ފަންގިފިލާއަށް ބަދަލުކޮށްފައެވެ.
އައި.ޖީ.އެމް.އެޗްގެ ހިޔަލަ ވިންގުގެ މަރާމާތުގެ މަސައްކަތްތަށް ނިމުމުން ހޮސްޕިޓަލުން ދެމުންދާ ޚިދުމަތްތައް އިތުރުވެގެން ދާނޭކަމަށް އައިޖީއެމްއެޗުން ބުނެއެވެ.
އައި.ޖީ.އެމް.އެޗްގެ ބައެއްް ޚިދުމަތްތައް ވަގުތީގޮތުން ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ