މިދިޔަ އަހަރު އޭޕްރިލް މަހުން ފެށިގެން ފުލުހުންނަށް ބޮޑުކުރި މުސާރަ އުނިއިތުރެއް ނެތި އެބަ ދޭ ކަމަށް ފުލުހުން ބުނެފި އެވެ.
ބޮޑުކުރި މުސާރަ ފުލުހުންނަށް ނުލިބޭ ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކޮށް ފުލުހުން ބުނީ އެ މުސާރަ އެއްވެސް އުނިއިތުރުކަމެއް ނެތި ދެމުންދާ ކަމަށެވެ.
"2024 ވަނަ އަހަރުގެ އޭޕްރިލް މަހުން ފެށިގެން، ސަރުކާރުން ކަނޑައެޅުއްވި ގޮތަށް، ބޮޑުކުރެވުނު މުސާރަ ފުލުހުންނަށް ދަނީ އެއްވެސް އުނިއިތުރެއްނެތި ދެމުން،" ފުލުހުން ބުންޏެވެ.
ސްޕެޝަލް ކޮންސްޓަބުލަރީގެ ހިދުމަތަކީ އާންމު ފުލުހުންނާ ހިލާފަށް އެ ހިދުމަތަށް އެދޭ މީހުންނާއެކު ހެދޭ އެއްބައްވުމެއްގެ ދަށުން ދެވޭ ހިދުމަތެއް ކަމުން، އެ ހިދުމަތަށް އެދޭ މީހުންނާއެކު ހަދާފައިވާ އެއްބަސްވުމުގެ ދަށުން އެކަމަށް ކަނޑައެޅިފައިވާ އުސޫލުގެ ދަށުން މުސާރަ ދެމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ސްޕެޝަލް ކޮންސްޓަބުލަރީގެ ހިދުމަތަށް އެދޭ މީހުންނާއެކު އަލަށް ވެވޭ އެއްބަސްވުންތަކުގެ ދަށުން އިތުރުކުރެވިފައިވާ މުސާރަ ދެމުން ގެންދާކަމުގެ ޔަގީންކަން ފުލުހުންދެ އެވެ.
މިދިޔަ އަހަރުގެ އޭޕްރިލް މަހުން ފެށިގެން ފުލުހުންގެ މުސާރަ 35 ޕަސަންޓަށް ބޮޑުކުރި އެވެ. އެއީ 2009 ގެ ފަހުން އަސާސީ މުސާރައާއެކު ފުލުހުންގެ މުސާރަ ބޮޑުކުރި ފުރަތަމަ ފަހަރެވެ.
ނަމަވެސް ފުލުހުންގެ މުސާރަ ބޮޑުކުރީ ފުލުހުންނަށް ކުރިން ދެމުން އައި ގިނަ އެލަވަންސްތައް އުވާލުމަށްފަހު އެވެ.
ކުރިން އަމަލުކުރަން އައި ގަވާއިދުގެ ދަށުން ފުލުހުންނަށް ހަތް އެލަވަންސެއް ލިބެ އެވެ. އެކަމަކު އައު ގަވާއިދުގެ ދަށުން ލިބެނީ ތިން އެލަވަންސެކެވެ. އެ އެލަވަންސްތައް ހަތަރު ފަންތިއަކަށް ބެހެ އެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި މުއިއްޒު ފުރަތަމަ ވިދާޅުވީ ސިފައިންނާއި ފުލުހުންގެ މުސާރަ ދެގުނަ ކުރާނެ ކަމަށެވެ. ނަމަވެސް ފަހުން އެކަމުގެ ތަފްސީލުގައި އެ މަނިކުފާނު ވިދާޅުވީ ބޮޑުކުރާނީ ފުރަތަމަ އަހަރު 35 ޕަސެންޓު، ދެވަނަ އަހަރު 25 ޕަސެންޓު އަދި ދައުރުގެ ފަހު އަހަރު ބާކީ 40 ޕަސެންޓު ކަމަށެވެ.
މި ނިސްބަތްތަކުން މުސާރަ ބޮޑުކުރާއިރު ޖުމުލަ ހަރަދަށް އިތުރު ވަނީ ކިހާ ވަރެއް ކަމެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ.
އަދަދު ނޫހުން ހޯދި މައުލޫމާތުން އެނގުނު ގޮތުގައި މިހާރު ކަނޑައަޅާފައިވާ ނިސްބަތުން ސިފައިންނާއި ފުލުހުންގެ މުސާރަ ބޮޑުކުރަން އަހަރަކަށް ގާތްގަނޑަކަށް 600 މިލިއަން ރުފިޔާ ހަރަދުވާނެ އެވެ.
ސިފައިންނާއި ފުލުހުންނަކީ ސަރުކާރުގެ މުއައްސަސާތަކުގެ ތެރެއިން މިހާރު ވެސް މުސާރަ ހަރަދު އެންމެ ބޮޑު ދެ މުއައްސަސާ އެވެ.
ބޮޑުކުރި މުސާރަ އުނިއިތުރެއް ނެތި ދެމުންދާ ކަމަށް ފުލުހުންގެ އިދާރާއިން ބުނެފި ބޮޑުކުރި މުސާރަ އުނިއިތުރެއް ނެތި ދެމުންދާ ކަމަށް ފުލުހުންގެ އިދާރާއިން ބުނެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ