އެލިއާގެ ބޯޓް އޮޕަރޭޓާސް ތަމްރީނު ޕްރޮގްރާމް ފަށައިފި

ކަނޑުއުޅަނދު ފަހަރު ދުއްވާ ކެޕްޓަނުންނަށް އަމާޒުކޮށް އެލިއާ އިން ކުރިއަށް ގެންދާ ބޯޓު އޮޕަރޭޓާސް ޓްރެއިނިން ޕްރޮގްރާމްގެ މި އަހަރުގެ ޕްރޮގްރާމު އިއްޔެ ފަށައިފި އެވެ.
ވީ ކިހިނެއް؟ - މިއީ ބޯޓު އޮޕަރޭޓަރުން ތަމްރީނު ކުރުމަށް އެ ކުންފުނިން ކުރިއަށް ގެންދާ 11 ވަނަ ޕްރޮގްރާމެވެ.
ތަފްސީލް - މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ)އާ ގުޅިގެން އަހަރަކު އެއް ފަހަރު ބާއްވާ ތަމްރީނުގެ މަގުސަދަކީ އުޅަނދުފަހަރުގެ ކައްޕިންގެ ހުނަރު ތަރައްގީކޮށް، އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަމާ ބެހޭ ފަންނީ މައުލޫމާތު ފޯރުކޮށްދިނުމެވެ.
ކަނޑު ބޯޓު ދުއްވާ ކެޕްޓަނުންނަށް އަމާޒުކޮށް، އެކި ސެޝަންތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި ޕްރޮގްރާމުގައި ދަސްކޮށްދޭ ބައެއް ކަންތައްތަކުގެ ތެރޭގައި:
އައުޓްބޯޑް އިންޖީނު އެޅި އުޅަނދުތަކުގައި އިތުބާރާ އެކު ދަތުރުކުރަން ބޭނުންވާ ތިއަރީ އާއި ހުނަރުތައް
އުޅަނދު ދުއްވުމުގައި ސަމާލުކަން ދިނުން މުހިންމު ކަންތައްތައް
ނެވިގޭޝަން އާއި ޗާޓް ރީޑިން
ސަލާމަތީ ޕްރޮޓޮކޯލްތަކާއި ކުއްލި ހާލަތުގައި އަމަލުކުރާނެ ގޮތްތައް
ފަސްޓް އެއިޑް އާއި ފަޔާ ސޭފްޓީ
އައުޓްބޯޑް އިންޖީނު ބެލެހެއްޓުމާއި ދިމާވާ މައްސަލަތައް ހައްލުކުރުން
ޖަޕާނުގެ ޔަމަހާ ޓެކްނިކަލް އެކަޑަމީ އާއި އެލިއާ އިންވެސްޓްމަންޓްސް ގުޅިގެން 'ޔަމަހާ ޓެކްނިކަލް ޓްރެއިނިން'ގެ މިއަހަރުގެ ތަމްރީން ޕްރޮގްރާމު ވެސް އިއްޔެ ވަނީ އިފްތިތާހުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ