މަސްތުވާތަކެތީގެ ހިދުމަތް ކެފޭ އުސޫލުން ދެމުންދާ ތަންތަން ބަންދުކުރުމަށްޓަކައި، ކްރިމިނަލް ކޯޓުން ފުރަތަމަ ފަހަރަށް ކޯޓު އަމުރެއް ނެރެފިއެވެ. ފުލުހުން ހާމަކުރި ގޮތުގައި، މި އަމުރުގެ ދަށުން ބަންދުކުރަން އަމުރުކޮށްފައިވަނީ ހ. ގުންޒަރު ނަމަކަށް ކިޔާ ގެއެކެވެ.
އެ ގެ ބަންދުކުރުމަށް އަމުރުކޮށްފައިވަނީ 90 ދުވަހުގެ މުއްދަތަށެވެ. މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް މިދިޔަ އަހަރު ގެނައި އިސްލާހުގެ ދަށުން، މިފަދަ ތަންތަން ތިން މަސް ދުވަހަށް ބަންދުކުރުމުގެ ބާރު ކޯޓުތަކަށް ވަނީ ލިބިދީފައެވެ. މި ބަދަލަށް އަމަލުކުރަން ފަށާފައިވަނީ މިއަހަރުގެ މާޗު މަހުގެ 7 ވަނަ ދުވަހުން ފެށިގެންނެވެ.
މީގެ ކުރިން ފުލުހުންނަށް މިފަދަ ތަންތަން ބަންދުކުރެވެނީ އެންމެ 24 ގަޑިއިރަށެވެ. އެއަށްވުރެ އިތުރަށް ބަންދުކުރެވެނީ ގޭގެ ވެރިފަރާތުގެ ހުއްދައާ އެކުގައެވެ.
ގާނޫނުގައިވާ ގޮތުން މަސްތުވާތަކެތީގެ ހިދުމަތްދޭ ތަނެއްކަން އެނގިހުރެ އެކަމަށް ފުރުސަތު ދިނުމަކީ ކުށެކެވެ. މިފަދަ ކަންކަމުގައި ގޭގެ ވެރިފަރާތް ނުވަތަ ކުއްޔަށް ހިފާފައިވާ ފަރާތުގެ މައްޗަށް 5 އަހަރުގެ ޖަލު ހުކުމެއް އަދި 100,000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކަނޑައެޅިދާނެއެވެ.
ފުލުހުން ވިދާޅުވި ގޮތުގައި، ކޯޓު އަމުރުގެ ދަށުން ބަންދުކޮށްފައިވާ ތަންތަނަށް ހުއްދައާ ނުލައި ވަނުމަކީ ކުށެކެވެ. އަދި އެފަދަ ފަރާތްތަކާމެދު ގާނޫނީ ގޮތުން އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ފުލުހުން ވަނީ ދީފައެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ އަހަރުގެ ތެރޭގައި ވެސް މިފަދަ 11 ތަނެއް ފުލުހުން ބަންދުކޮށްފައިވެއެވެ.
3.3 މިލިއަން ރުފިޔާގެ އެމްފެޓަމިން އެއާޕޯޓުން އަތުލައިގެންފި ރާއްޖެއަށް އެތެރެކުރަން އުޅުނު 26 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި ގއ. ގެމަނަފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށް ބަންދަށް 10 ދުވަސްޖަހައިފި މަސްތުވާތަކ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ