ފެމިލީ ކޯޓުގެ އިސް ގާޒީ ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
ފެމިލީ ކޯޓުގެ އިސްގާޒީ ކަމުގެ މަގާމު ހުސްވުމާ ގުޅިގެން އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އެ ކޯޓުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ގާޒީންނަށް ހުޅުވާލައިފި އެވެ.އެ މަގާމަށް ޝައުގުވެރިވާ ގާޒީން މި މަހުގެ 11 ވަނަ ދުވަހުގެ މެންދުރު ފަހު 14:00ގެ ކުރިން ސިޓީއަކުން އެ ޖުޑީޝަލް ސާވިސް ކޮމިޝަނަށް ހުށަހެޅުމަށް މިއަދު ކުރި އިއުލާނެއްގައި ވަނީ އެދިފަ އެވެ.އިސް ގާޟީއެއްގެ އަސާސީ މުސާރައަކީ މަހަކު 31،000 ރުފިޔާއެވެ. އަދި ލިވިލް އެލަވަންސްގެ ގޮތުގައި މަހަކު 15،000 ރުފިޔާ، ރިސްކް އެލަވަންސްގެ ގޮތުގައި 1375 ރުފިޔާ ލިބޭނެއެވެ. މީގެއިތުރުން ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގައިވާ ގޮތުގެމަތިން މެޑިކަލް އިންޝުއަރެންސްއާއި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެމަތިން ފޯނު އެލަވަންސް ލިބެއެވެ.އިސް ގާޒީގެ މަގާމަށް ޖޭއެސްސީން އިއުލާންކުރީ ފެމިލީ ކޯޓުގެ ކުރީގެ އިސް ގާޒީގެ ގޮތުގައި މީގެ ކުރިން ހުންނެވި ހުޒައިފާ މުހައްމަދު ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ