ބްރައިޓަން ދޫކޮށް މެކް އެލިސްޓާ ލިވަޕޫލަށް

އިނގިރޭސި ޕްރިމިއަރ ލީގުގެ ބްރައިޓަންއަށް ކުޅެމުން އައި އާޖެންޓީނާގެ އެލެކްސިސް މެކް އެލިސްޓާ ލިވަޕޫލަށް ސޮއިކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މެކް އެލިސްޓަރ ލިވަޕޫލަށް ސޮއިކޮށްފައިވަނީ 35 މިލިއަން ޕައުންޑްގެ އަގަކަށެވެ. މިއަގު 55 މިލިއަން ޕައުންޑަށް އުފުލިގެންދިއުމަކީވެސް ވަރަށް ގާތްކަމެއްކަމަށް ވެއެވެ.
މެކް އެލިސްޓަރ ވަނީ މިސީޒަންގައި ޕްރިމިއަރ ލީގުގެ ހަވަނަ ބްރައިޓަންއިން ހޯދައި، މިއަންނަ ސީޒަންގައި ޔޫރަޕުގައި ކުޅުމުގެ ފުރުސަތު އެ ޓީމަށް ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. އަދި އެނާ ވަނީ ބްރައިޓަންއަށް 112 މެޗް ކުޅެދީ 20 ލަނޑު ޖަހާދީފައެވެ.
މެކް އެލިސްޓަރ ހާމަކުރިގޮތުގައި މިއީ ހުވަފެނެއް ހަގީގަތަކަށް ވުން ކަމަށާއި ލިވަޕޫލާއެކު އަވަހަށް ކުޅެން ފެށުމަށް ކެތްމަދުވެފައިވާ ކަމަށެވެ. އަދި ޕްރީ-ސީޒަން ފެށުމުގެ ކުރިން މިކަން ހަމަޖެހިގެންދިޔުމަކީ ރަނގަޅު ކަމެއް ކަމަށާއި، އޭނާ ބޭނުންވަނީ ޕްރީ-ސީޒަންގެ ފުރަތަމަ ދުވަހުގެ ފެށިގެން ޓީމާ ގުޅި ފިޓްކޮށް ހުންނަން ކަމަށްވެސް ވަނީ ބުނެފައެވެ.
މީގެ އިތުރުން މެކް އެލިސްޓަރ ބުނީ މިއަހަރަކީ އޭނާއަށް ވަރަށް ހާއްސަ އަހަރެއް ކަމަށާއި، މިގޮތުން ފީފާ ވޯލްޑް ކަޕް ކާމިޔާބު ކުރެވުމާއި، ބްރައިޓަންގައި ހޯދުމުނު ކާމިޔަބީ އިތުރުން ލިވަޕޫލަށް ބަދަލުވުން ޚާއްސަވާ ކަމަށެވެ. އަދި ވޯލްޑް ކަޕް ކާމިޔާބު ކުރެވުމާއެކު އޭނާ ބޭނުންވީ އިތުރު ތަށި ކާމިޔާބުކުރަން ކަމަށާއި, ލިވަޕޫލަކީ އޭނާގެ އެއުންމީދު ހަގީގަތަކަށް ހެދޭވަރުގެ ކްލަބެއް ކަމަށްވެސް ވަނީ ބުނެފައެވެ.
ލިވަޕޫލުން މެކް އެލިސްޓަރގެ ސޮއި ހޯދިއިރު، އެ ކުލަބުން އަންނަނީ އައު ސީޒަނަށް އެޓީމްގެ މެދުތެރެ ވަރުގަދަ ކުރުމަށް މަސައްކަތްތަކެއް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ