ފިޔޯރީ ކައުންސިލް ފޭސް ޤުރުއާން މުބާރާތް 1444، ކާމިޔާބުކަމާއެކު ނިންމާލައިފި

"ފިޔޯރީ ކައުންސިލް ފޭސް ޤުރުއާން މުބާރާތް 1444″ ކާމިޔާބުކަމާއެކު ނިންމާލައި، ވަނަވަނައަށް ދިޔަ ފަރާތްތަކަށް އިނާމާއި ސެޓިފިކެޓު ހަވާލުކޮށްފިއެވެ.
މިމުބާރާތުން އެއްވަނަ އަށް ގޮސްފައިވަނީ، ގދ ފިޔޯރީ/ އަންނާރުމާގެ ޢާއިޝަތު އާޝާ ޢަބްދުއްރަޙްމާން އެވެ. އަދި މުޅި މުބާރާތުން 2 ވަނަ ގދ/ ފިޔޯރީ/ ރީފްވިއު، އާއިޝަތު ރީޝާ ޖަޒީލް ހޯދާފައިވާއިރު، މުބާރާތުގެ 3 ވަނައަށް ހޮވިފައިވަނީ ގދ. ފިޔޯރީ/ ސޯސަންގެ، މަރްޔަމް ޖަނާން ނަޒީފްއެވެ.
އެގޮތުން މުބާރާތުގެ އެއްވަނައަށް ދިޔަ ފަރާތަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައިވާއިރު، 2 ވަނައަށް ދިޔަ ފަރާތަށް ވަނީ 7،000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައެވެ. އަދި 3 ވަނައަށް ދިޔަ ފަރާތަށް 5،000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައިވެއެވެ.
މި މުބާރާތުގެ ފައުންޑޭޝަން ސްޓޭޖް، ޖީސްޓޭޖް 1، ކީސްޓޭޖް 2، ކީސްޓޭޖް 3، ކީ ސްޓޭޖް 4 އިން ވަނަވަނައަށް ހޮވުނު ކުދިންނާއި ފައުންޑޭޝަން ސްޓޭޖް އިން ނުބަލައި ކިޔުމުގައި ބައިވެރިވި ކުދިންނަށް ހިތްވަރު ދިނުމުގެ ގޮތުން ވަނީ އިނާމް ދީފައެވެ.
މިމުބާރާތުގައި ބައިވެރިވި އަވަށްތަކުގެ ތެރެއިން އެއްވަނައަށް ހޮވިފައިވަނީ ކަރަންކާ އަވަށެވެ.
މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ޖުމްލަ ދެ ބަޔަކަށް ބަހާލައިގެންނެވެ. އެއީ ބަލައިގެން ކިޔެވުމުގެ ބަޔާއި، ނުބަލައި ކިޔެވުމުގެ ބައެވެ. މިމުބާރާތުގެ އުމުރުފުރާތައް ބަހާލާފައިވަނީ، 5 ބަޔަކަށެވެ. އެއީ ކީސްޓޭޖް 1، ކީސްޓޭޖް 2، ކީސްޓޭޖް 3، ކީސްޓޭޖް 4 އަދި 16 އަހަރުން މައްޗަށެވެ.
މިމުބާރާތުގެ ފަނޑިޔާރުކަން ކޮށްދެއްވީ އިސްލާމިކް ޔުނިވަރސިޓީގައި މަސައްކަތް ކުރައްވާ 3 ބޭފުޅެކެވެ. އެގޮތުން އަލްހާފިޒް އަލްޤާރީ އިބްރާހީމް ޒުހައިރު ،އަލްހާފިޒް އަލްޤާރީ އިބްރާހީމް ރަމްޒީ ގެ އިތުރުން އަލްޤާރީ އިބްރާހީމް ޝިފާއު ވަނީ މިމުބާރާތުގެ ފަނޑިޔާރުކަން ކޮށްދެއްވާފައެވެ.
މި މުބާރާތަކީ ގދ. ފިޔޯރީ ކައުންސިލާއި އެރަށުގައި ހަރަކާތްތެރިވާ ޖަމްޢިއްޔާއެއް ކަމަށްވާ ފިޔޯރީ އެސޯސިއޭޝަން ފޮރ ކޮމިއުނިޓީ އެމްޕަވަމަންޓް (ފޭސް) ގުޅިގެން ކޮންމެ އަހަރަކުވެސް ރަމަޟާން މަހެއްގައިވެސް ފިޔޯރީގެ އަވަށްތަކުގެ މެދުގައި ބާއްވަމުން އަންނަ ޤުރުއާން މުބާރާތެކެވެ.
Your email address will not be published. Required fields are marked *
Comment *
Name
Email
Website
© 2022 Gaafu.mv. All rights reserved.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ