ސުޕްރީމް ކޯޓް ހިމެނޭ ގޮތުން 16 ފަނޑިޔާރަކު ރާއްޖެއިން ބޭރަށް

އިސްތަންބުލްގައި ބާއްވާ އަލްޓަނޭޓިވް ޑިސްޕިއުޓް ރިޒޮލިއުޝަން ޖުޑިޝަލް އެކްސްޗޭންޖް ޕްރޮގްރާމެއްގައި ރާއްޖޭގެ ފަނޑިޔާރުންތަކެއް ބައިވެރިވެވަޑައިގެންފި އެވެ.
ވީ ކިހިނެއް؟ - ސުޕްރީމް ކޯޓުން މިއަދު ބުނީ މި ޕްރޮގްރާމް ފެށީ އިއްޔެ ކަމަށެވެ. އަދި މާދަމާގެ ނިޔަލަށް ކުރިއަށްދާނެ ކަމަށެވެ.
ތަފްސީލް- އެ ކޯޓުން މިކަމާއި ގުޅިގެން ކުރި ޓުވީޓެއްގައި ބުނެފައިވަނީ ރާއްޖޭގެ ފަނޑިޔާރުންގެ ގްރޫޕެއް އެ ޕްރޮގްރާމްގައި ބައިވެރިވެރިވެވަޑައިގެންނެވީ އެމެރިކާގެ ޑިޕާޓްމަންޓް އޮފް ކޮމާސް، ކޮމާޝަލް ލޯ ޑިވެލޮޕްމަންޓް ޕްރޮގްރާމް (ސީއެލްޑީޕީ)ގެ ދައުވަތަކަށް ކަމަށެވެ.
މިއީ ދައުވާ ކުރުމުގެ ބަދަލުގައި މައްސަލަ ހައްލު ކުރުމަށް މީޑިއޭޝަން ފަދަ ގޮތްތައް ބޭނުންކުރުމާއި ގުޅޭ ގޮތުން ބާއްވާ ޕްރޮގްރާމެކެވެ.
އެ ޕްރޮގްރާމްގައި ބައިވެރިވެވަޑައިގަންނަވާ ފަނޑިޔާރުންގެ ތެރޭގައި ސުޕްރީމް ކޯޓުގެ ހަތަރު ފަނޑިޔާރުން ހިމެނިވަޑައިގަންނަވަ އެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި، ފަނޑިޔާރު އައިޝާ ޝުޖޫން އާއި ފަނޑިޔާރު އަލީ ރަޝީދު އާއި ޑރ. މުހައްމަދު އިބްރާހީމްގެ އިތުރުން 12 ފަނޑިޔާރުން އެ ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެންނެވި އެވެ.
މިކަމުގެ އިތުރު ތަފްސީލެއް ސުޕްރީމް ކޯޓުން ހާމަކޮށްފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ