ސައުތު އޭޝިއަން ސުޕަ ކަޕްގެ ތަށި ރާއްޖެއަށް
ފަހު ހާފުގެ 67 ވަނަ މިނިޓްގައި ނާއިޒް ހަސަން (ދާދު) ޖެހި ލަނޑާ އެކު ރާއްޖެއިން މޮޅުވާން ދަނިކޮށް މެޗުގެ އިތުރު ވަގުތުގައި ސްރީ ލަންކާއިން ލަނޑެއް ޖަހައި 1-1އިން މިރޭ އެއްވަރުކޮށްފި އެވެ.ކޮލަމްބޯގެ ރޭސް ކޯސް ސްޓޭޑިއަމްގައި ދެ ލެގަށް ކުޅުނު މުބާރާތުގެ ފުރަތަމަ ލެގުގައި މި މަހު ހަ ވަނަ ދުވަހު ރާއްޖޭން ވަނީ 3-0 އިން މޮޅުވެފައެވެ. ދެ ވަނަ ލެގުގައި މިރޭ ރާއްޖޭން ވަނީ 1-1 އިން ލަންކާއާ އެއްވަރުކޮށް، އެގްރިގޭޓުން 4-1 އިން މޮޅުވެފައެވެ.މެޗު ފަށައިގެން ފުރަތަމަ 15 މިނެޓު ތެރޭގައި ރާއްޖެއިން ގޯލު ޖަހަން ތިން ފުރުސަތު ތަނަވަސްކުރިއެެވެ. ނަމަވެސް ފުރަތަމަ މެޗާ ޚިލާފަށް މި މެޗުގައި ލަންކާގެ ފަރާތުން ފެނުނީ ޑިފެންސް ރަނގަޅުކޮށެވެ.ރާއްޖެއިން ލީޑުނެގި ލަނޑު ޖެހީ މެޗުގެ 66 ވަނަ މިނިޓްގައެވެ. އަލީ ފާސިރު (ސެންޓޭ) ނަގައިދިން ހުރަހަކުން އިބްރާހީމް މަހުދީ (ފޭދޫ އިއްބެ) ބޮލުން ފޮނުވާލި ބޯޅަ ހުރަސްދަނޑީގައި ޖެހިފައި ލިބުނު ބޯޅަ ނާއިޒު ހަސަން (ދާދު) ވަނީ ގޯލަށް ފޮނުވާލާފަ އެވެ.ރާއްޖޭގައި ރަސްމީ ފުޓްބޯޅަ މުބާރާތެއް ނުބާއްވާތާ ދެ އަހަރު ވަނީ އެވެ. ހުއްޓިފައި އޮތް އެފްއޭއެމް ހިނގައިގަތީ ޖުލައި މަހު އޮތް އާ އިންތިހާބު، ކުރީގެ ގައުމީ ފޯވަޑް އަދި މަހިބަދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިހުގެ މެމްބަރު އަހުމަދު ތޯރިގު (ޓޮމް) ކާމިޔާބުކުރައްވައި، އާ އެގްޒެކްޓިވް ކޮމިޓީއަކުން ހަވާލުވުމުންނެވެ.ލަންކާއާ ދެކޮޅަށް ރާއްޖެއިން މި ދެ މެޗަށް ނުކުތީ ގައުމީ ކޯޗުގެ ޒިންމާއާ ފުރަތަމަ ފަހަރަށް ހަވާލުވި މުހައްމަދު ޝިޔާޒް (މޯހަން)ގެ ބެލުމުގެ ދަށުންނެވެ. އޭނާއަކީ ލަންކާގައި އިންޑިއާ ބަލިކޮށް 2008ގައި ރާއްޖެއިން ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕް ހޯދިއިރު އެސިސްޓެންޓް އެއް ކޯޗެވެ.ޝިޔާޒް ވަނީ ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުގެ ޒިންމާ ދިގު މުއްދަތެއްގައި ނަގައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ