މީޑިއާ ރެގިއުލޭޓު ބިލު ފާސްކުުރުމާ ދެކޮޅަށް މިއަދުވެސް އިހުތިޖާޖު ކުރަނީ އެމް.އެފް.އޯ.އާރް.އެމް.ޕީ.ސީ ޑިރެކްޓަރުންގެ ބޯޑުގެ އެމްޑީކަމަށް މުހައްމަދު އިބްރާހީމް އައްޔަންކޮށްފި މާލޭ ގެއެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެ ރައްޔިތުންގެ ހިޔާލު ހޯދުމު

މީޑިއާ ރެގިއުލޭޓްކުރުމުގެ ނަމުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު ބޭރުކުރަން ގޮވާލާ 151 ނޫސްވެރިންގެ ސޮޔާއެކު ހުށަހެޅި ޕެޓިޝަން، ބޭރުކޮށްލައިފިއެވެ.
މަޖިލީހުގެ ޕެޓިޝަން ކޮމިޓީއިން މިއަދު މި ޕެޓިޝަން ބޭރުކޮށްލާފައިވާއިރު، މި ބިލް ފާސްކުރުމާ ގުޅޭ ގޮތުން ދައުރުން ބޭރުން މިއަދު ޖަލްސާއެއް ވަނީ އެޖެންޑާކޮށްފައެވެ. މި ޖަލްސާ އޮންނާނީ ހަވީރު 4:00 ގައި ކަމަށާއި، އެޖެންޑާ ފަހުން ހިއްސާކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ބުނެފައެވެ.
އިއްޔެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކުރި ގޮތަށް މިއަދު އޮންނަ ދައުރުން ބޭރު ޖަލްސާގައި ‘މީޑިއާ ރެގިއުލޭޓު ކުރުމުގެ ބިލު’ ފާސްކުރާނެ ކަމަށް ސަރުކާރުގެ މެންބަރުން ވިދާޅުވެފައި ވާއިރު މިބިލާ ގުޅިގެން، ބިލް ބޭރުކުރަން ގޮވާލައި ބައެއް ނޫސްވެރިން އަންނަނީ އިހުތިޖާޖުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ