ދިވެހިބަހާ ބެހޭ މިނިސްޓްރީގެ ޚާއްސަ މުޝީރުކަމަށް އުތީމު އާދަމްބެ އައްޔަންކޮށްފި

ސާޅީސް ދެ އަހަރު، ދައުލަތަށް ޚިދުމަތްކޮށްދެެއްވި ހއ، އަތޮޅުގެ ކުރީގެ އަތޮޅުވެރިޔާ، އަދި މަޝްހޫރު އަދީބު އާދަމް އަބްދުއްރަހްމާން (އުތީމު އާދަމްބެ) އަށް ދިވެހިބަހާއި، ސަގާފަތާއި، ތަރިކައާ ބެހޭ މިނިސްޓްރީގެ ޚާއްސަ މުޝީރުކަމުގެ މަގާމު މިއަދު ދީފިއެވެ. ނިޝާން ދިޔަމިގިލީގެ ޝަރަފުގެ އިއްޒަތް ވެސް މި އަހަރު ލިބިވަޑައިގެންނެވި އުތީމު އާދްމްބެއަަށް އެ މަގާމު ދެއްްވައި، މިއަދު ވަޒީފާއަށް ނިކުންނަވަން ފައްޓަވައިފައިވާކަމަށް "ސަން"އަށް ވަނީ އެނގިފައެވެ. ފާހަގަކުރެވޭ ގޮތުގައި ދިވެހި އަދަބިއްޔާތަށް ޚިދުމަތް ކުރުމުގެ ދާއިރާއިން ޅެންހެދުމުގެ ރޮނގުން 2004ވަނަ އަހަރު އާންމު ޚިދުމަތުގެ ހިތްވަރުދިނުމުގެ އިނާމުގެ އިތުރުން، އޭގެ 12 އަހަރު ފަހުން 2016 ވަނަ އަހަރު ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ވެސް އާދަމްބެއަށް ލިބިވަޑައިގެންފައިވެއެވެ. އުތީމު އާދްމްބެ އައްޔަންކުރި މަގާމަށް ލިބެނީ ކިހާ މިންވަރެއްގެ މުސާރައެއްކަން ސީދާ އަދި ޔަގީން ނުވި ނަމަވެސް، އެ މިނިސްޓްރީގައި، މަސައްކަތްކުރާ ވިލަރެސްވެރިން ފަދަ މަގާމުތަކަށް 30،000 ރުފިޔާއާ ހަމައަށް ބޮޑު މުސާރަދެއެވެ. މިހާރު ވެސް އެ މިނިސްޓްރީގައި ވަރަށް ގިނަ ސިޔާސީ މަގާމުތަކުގައި ވެސް މުވައްޒަފުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި ކޮންޓްރެކްޓް މުވައްޒަފުންގެ އަދަދު ވެސް ގިނައެވެ. ޚާއްސަ މުޝީރެއްގެ ގޮތުގައި އުތީމު އާދަމްބެ އައްޔަންކުރިއިރު، ތަރިކައާއި، ސަގާފަތާއި ބަހާ ބެހޭ ކަންކަން ކުރިއަރުވައި ދިރާސާކުރަން ދިވެހި ގައުމިއްޔަތުގެ އިސްވަރުގެ ނަމުގައި ވެސް ބޭފުޅުންތަކެއް ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ