ނޭޝަނަލް ނިއުސް އެޖެންސީ އިފްތިތާހުކޮށް، 20 މީޑިއާއެއް ބައިވެރިވެއްޖެ

ރާއްޖޭގައި ހިންގާ އަމިއްލަ މީޑިއާތަކަށް ކޮންޓެންޓް ފޯރުކޮށްދިނުމަށް ޚާއްސަ ޕްލެޓްފޯމެއްކަމަށްވާ ނެޝަނަލް ނިއުސް އެޖެންސީ މިއަދު އިފްތިތާހުކޮށްފިއެވެ. ނެޝަނަލް ނިއުސް އެޖެންސީއަކީ، ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އާއި، ރައީސް އޮފީހާއި، ޔޫތު މިނިސްޓްރީ ގުޅިގެން ތައާރަފްކުރި އެޖެންސީއެކެވެ. މިއަދު މި އެޖެންސީ އިފްތިތާހުކުރުމަށްފަހު، ޖުމްލަ 20 މީޑިއާއެއް ވަނީ އެޖެންސީއާ ގުޅިފައެވެ. އޭގެ ތެރޭގައި ސަން ސިޔާމް މީޑިއާ ވެސް ހިމެނެއެވެ. ނެޝަނަލް ނިއުސް އެޖެންސީ އިފްތިތާހުކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން ސަން ސިޔާމް މީޑިއާއިން އެއްބަސްވުމުގައި ސޮއިކުރުން -- ފޮޓޯ: ޕީއެސްއެމް މި ހަފްލާގައި ވާހަކަަދައްކަވަމުން ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ޝަމްއާން ވިދާޅުވީ، މި އެޖެންސީގެ ތެެރެއިން، ޕީއެސްއެމްގެ ވީޑިއޯ ކޮންޓެންޓާއި، ކަވަރުކުރާ އިވެންޓުތަކުގެ ފޮޓޮއާއި ވީޑިއޯ އެހެން މީޑިއާތަކަށް ބޭނުންކުރަން ލިބޭނެ މަގު ފަހިވާނެ ކަމަށެވެ. ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަސްރީން ވިދާޅުވީ މިއީ އަމިއްލަ މީޑިއާތައް ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތެއް ކަމަށެވެ. މި އެޖެންސީ މެދުވެރިކޮށް ޕީއެސްއެމްގެ ކޮންޓެންޓުގެ އިތުރުން، ޕީއެސްއެމާއާއެކު މަސައްކަތްކުރާ ބައިނަލްއަގްވާމީ މީޑިއާތަކުގެ އެކި މެޓީރިއަލްތައް ލިބޭނެ މަގު ވެސް ކުރިއަށް އޮތް ތަނުގައި ލިބޭނެ މަގު ފަހިކުރުމަށް މަޝްވަރާކުރަމުން އަންނަ ކަމަށެވެ. މިއަދު ސޮއިކުރި މީޑިއާތަކުގެ އިތުރަށް އެހެން މީޑިއާތަކަށް ވެސް އެ އެޖެންސީއާ ބައިވެރިވެވޭނެ ކަމަށް ނަސްރީން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ