ރާއްޖެއިން ޑްރަގުގެ ވަބާ ނައްތާލުމަށް ކުރާ މަސައްކަތުގެ ދަށުން އެ ވިޔަފާރީގައި ބައިވެރިވާ މީހުންނާ ދެކޮޅަށް ހާއްސަ އޮޕަރޭޝަނެއް ފެށުމަށް ރައީސް މުހައްމަދު މުއިއްޒު ފުލުހުންނަށް އަންގަވައިފި އެވެ.
ވީ ކިހިނެއް؟ - ރައީސް މިއަދު ސޯޝަލް މީޑިއާގައި ވިދާޅުވީ ރާއްޖެއަކީ ޑްރަގުގެ ވަބާ އިން އެއްކޮށް ސަލާމަތްވެފައިވާ ގައުމަކަށް ހެދުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
ތަފްސީލް - ޑްރަގުގެ ވިޔަފާރީގައި ބައިވެރިވާ މީހުންނާ ދެކޮޅަށް އޮޕަރޭޝަނެއް ހިންގުމަށް މިއަދު ފުލުހުންނަށް އަންގަވާފައިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ:
އެ އޮޕަރޭޝަނުގައި އެއް ވަގުތެއްގައި ރާއްޖޭގެ 100އަށް ވުރެ ގިނަ ތަންތަން ބަލައި ފާސްކުރާނެ
500އަށް ވުރެ ގިނަ ފުލުހުން އެ އޮޕަރޭޝަނުގައި ބައިވެރިވާނެ
ޑްރަގުގެ ވިޔަފާރިކުރާ މީހުންނާ ދެކޮޅަށް ބޮޑު އޮޕަރޭޝަނެއް ކުރިއަށް ގެންދަން ރައީސް އަންގަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ