ދެކުނު އެމެރިކާގެ ވެނެޒިއުލާގެ ރައީސް ނިކޮލަސް މަޑޫރޯ ހައްޔަރުކޮށް އެ ގައުމުގެ ބޮޑު ތެލުގެ ރިޒާވްގެ ކޮންޓްރޯލް ނެގުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމުމަށް ފަހު މަޑޫރޯ ނިއުޔޯކް ޖަލެއްގައި ހައްޔަރުކޮށްފި އެވެ.
އެމެރިކާގެ ސްޕެޝަލް ފޯސަސް އިން ހޮޮނިހިރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ކަރަކަސްގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑާލައި އަސްކަރީ މަރުކަޒުތަކަށް ހަމަލާ ދިނުމަށް ފަހު މަޑޫރޯ އާއި އޭނާގެ އަނބިކަނބަލުން ސިލިއާ ފްލޯރެސް ވަނީ ހައްޔަރުކޮށް، ހެލިކޮޕްޓަރެއްގައި އެމެރިކާގެ ނޭވީގެ ބޯޓަކަށް ގެންގޮސްފަ އެވެ.
"ރައްކާތެރި، ރަނގަޅު އަދި ވިސްނުންތެރި ޓްރާންސިޝަނެއް ކަށަވަރު ކުރެވެންދެން އަޅުގަނޑުމެން އެ ގައުމު ހިންގާނަން،" ޓްރަމްޕް ވިދާޅުވި އެވެ.
މަޑޫރޯ،63، އެމެރިކާއަށް މަސްތުވާތަކެތި އެތެރެ ކުރާ ކަމަށް ތުހުމަތުކޮށް، އެމެރިކާ ސަރުކާރުން އައީ އޭނާއަށް ފާޑު ކިޔަމުންނެވެ. އަދި އޭގެ ސަބަބުން ކެރީބިއަން ކަނޑުގައި އަސްކަރީ ބާރުތައް ވަރުގަދަކޮށް، މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެވޭ ބޯޓުތަކަށް އަމާޒުކޮށް ނުރައްކާތެރި މިސައިލް ހަމަލާތަކެއް އެމެރިކާ އިން ދޭން ފެށި އެވެ.
ވެނެޒުއޭލާގައި 2024 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބު މަޑޫރޯ ވަގަށް ނެގި ކަމަށް ހުޅަނގުގެ ގިނަ ބައިވެރިން ތުހުމަތު ކުރެ އެވެ. އަދި އެއާ އެކު ލެޓިން އެމެރިކާ، އިރާގު އަދި އަފްގާނިސްތާނުގައި އެމެރިކާ އިން މީގެ ކުރިން ދިން ހަމަލާތަކުގެ ހިތާމަވެރި ހަނދާންތައް އާވެގެން ދިޔަ އެވެ.
ބޭރު ގައުމެއްގެ ވެރިޔަކު ހައްޔަރު ކުރުމުގެ އޮޕަރޭޝަންގެ ގާނޫނީ ސައްހަކަމާ މެދު ކޮންގްރެސްގެ ބައެއް ގާނޫނީ މާހިރުން އަންނަނީ ސުވާލު އުފައްދަމުންނެވެ. އަދި ކޮންގްރެސްގައި ދިން ބްރީފިން އޮޅުވާލާފައިވާ ކަމަށް ބުނެ، ޕްލޭން ހާމަ ޑިމޮކްރޭޓުން ވަނީ ގޮވާލައިފަ އެވެ.
ވެނެޒުއޭލާގެ ރައީސް މަޑޫރޯ ނިއުޔޯކް ޖަލެއްގައި ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ