އެމެރިކާ އާއި އިޒްރޭލާ ގުޅިގެން އީރާނަށް ކުރަމުން އަންނަ ހަނގުރާމަ މެދުކަޑާލަން އެއްބަސްވި މުއްދަތު ނިމުމުގެ ކުރިން ވަކި މުއްދަތެއްނެތް ގޮތަށް ހަނގުރާމަ މެދުކަނޑާލައިފި އެވެ.
އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވީ، އީރާނުން ބަލައިގަނެވޭފަދަ ސުލްހަވެރި އެއްބަސްވުމެއް ހުށަހަޅަން ފުރުސަތު ދީ، މަޝްވަރާކޮށް ވަކިގޮތެއް ކަނޑައަޅަންދެން ހަނގުރާމަ މެދުކަނޑާލަން ނިންމާފައިވާ ކަމަށެވެ.
ޓްރަމްޕް ބުނީ، އިންޓެލިޖެންސް ރިޕޯޓްތަކުން ދައްކާ ގޮތުގައި އީރާނުގެ ސަރުކާރުގެ ތެރޭގައި ބޮޑެތި ބައިބައިވުންތަކެއް އުފެދިފައިވާ ކަމަށެވެ. އަދި އެ ގައުމުގެ ލީޑަޝިޕްގެ ތެރޭގައި އެއް އަޑަކުން ވާހަކަ ދެއްކުމުގެ ގާބިލުކަން މިވަގުތު ނެތް ކަމަށްވެސް އޭނާ ބުނެފަވެއެވެ. މި މުއްދަތު އިތުރުކޮށްފައިވަނީ ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާއި އާމީ ޗީފް ފީލްޑް މާޝަލް އާސިމް މުނީރުގެ ރަސްމީ އެދުމަކަށެވެ.
ހަނގުރާމަ ހުއްޓާލުމުގެ މުއްދަތު އިތުރުކުރި ނަމަވެސް، އެމެރިކާގެ އަސްކަރިއްޔާއިން ދަނީ އީރާނުގެ ބަނދަރުތަކާއި ހޯރްމޫޒް ކަނޑުއޮޅި ބަންދުކޮށްގެން ކަނޑުގެ ބްލޮކޭޑެއް ހިންގަމުންނެވެ. އީރާނުން ވަނީ އެމެރިކާގެ މި އަމަލު ކުށްވެރިކޮށް މިއީ ހަނގުރާމައިގެ ރޫހާ ހިލާފު ކަމެއް ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އީރާންގެ ހަނގުރާމަ މެދުކަނޑާލުން މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ