ރޯދަމަހަށް ވަކި ކަރަންޓު ބިލެއް، ރީޑިން ނެގުން މިމަހު 16 އަދި 17ގައި
އަންނަ ހަފުތާގެ ބުދަ ދުވަހު ފެށޭ ރަމަޟާން މަހުގެ ކަރަންޓު ބިލު 400 ރުފިޔާއަށް ވުރެ ބޮޑުނުވާނެހެން ޑިސްކައުންޓު ދިނުމަށް ނިންމާފައިވާތީ، ރަމަޟާން މަސް ފެށުމުގެ ކުރިން އަންނަ ހަފުތާގައި ރީޑިން ނެގުމުގެ މަސައްކަތް ކުރާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.ރޯދަ މަހު ޑޮމެސްޓިކް ރޭޓުން ބިލްކުރާ ކޮންމެ ބިލަކަށް ގިނަވެގެން ނަގާނީ 400 ރުފިޔާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.ސްޓެލްކޯ އިން މިއަދު ބުނީ ރޯދަ މަހުގެ ކަރަންޓު ބިލު 400 ރުފިޔާއަށްވުރެ ބޮޑު ނުވާނެހެން ޑިސްކައުންޓް ދިނުމަށް ރައީސް މުއިއްޒު ނިންމަވާފައިވާތީ ރޯދަ މަހަށް ވަކި ބިލެއް ތައްޔާރުކުރުމަށް ރީޑިން ނެގުމުގެ މަސައްކަތް މިމަހުގެ 16 އަދި 17 ވަނަ ދުވަހު ކުރިއަށްދާނެ ކަމަށެވެ.މިކަމުގައި ހުރިހާ ކަސްޓަމަރުން އެއްބާރުލުން ދިނުމަށްވެސް ސްޓެލްކޯ އިން ވަނީ އެދިފަ އެވެ. މިދިޔަ ރޯދަމަހު ވެސް ކަރަންޓާއި ފެން ބިލުން ސަރުކާރުން ޑިސްކައުންޓު ދީފައި ވެ އެވެ. އެ ފަހަރު ޑިސްކައުންޓު ދިނުމަށްޓަކައި ސްޓެލްކޯ އިން ވަކި ބިލެއް ތައްޔާރުކޮށް ގޭގެ އަށް ފޮނުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ