ޖަޒީރާ ގައުމުތަކުގެ ފެނުގެ ރައްކާތެރިކަމާއި ބެހޭ ޚާއްސަ ފޯރަމެއް ފަށައިފި

"ކްލައިމެޓް-އިންޑިއުސްޑް ވޯޓަރ ސެކިއުރިޓީ އިން އެޓޯލް ނޭޝަންސް ފޯރަމް" ގެ ނަމުގައި ޖަޒީރާ ގައުމުތަކުގެ ފެނުގެ ރައްކާތެރިކަމާއި ބެހޭ ޚާއްސަ ފޯރަމެއް ރާއްޖޭގައި ފަށައިފި އެވެ.
އެންވައިރަމެންޓް މިނިސްޓްރީއިން އިންތިޒާމްކޮށްގެން، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ޖަޒީރާ ގައުމުތަކުގެ ފެނުގެ ރައްކާތެރިކަމަށް ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ މި ޚާއްސަ ފޯރަމް ކުރިއަށްދަނީ މިމަހުގެ 7 އިން 9 އަށް ބާސެލޯ ނަސަންދުރާގައެވެ.
މި ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ޓުއަރިޒަމް އެންޑް އެންވަައިރަމަންޓް ތޯރިގް އިބްރާހިމް ވިދާޅުވީ، ވިދާޅުވީ، ދިވެހި ސަރުކާރުގެ މޫސުމީ އެޖެންޑާގައި ފެނުގެ ރައްކާތެރިކަމަށް ވަރަށް ބޮޑު އިސްކަމެއް ދީފައިވާ ކަމަށާއި، އެގޮތުން ރާއްޖޭގެ ނޭޝަނަލީ ޑިޓާމިންޑް ކޮންޓްރިބިއުޝަންސް (އެންޑީސީ) 3.0 ގެ ދަށުން، ތިމާވެއްޓާ ރައްޓެހި ގޮތްތަކަށް ފެނުގެ ނިޒާމުތައް ތަރައްގީކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން އިންފްރާސްޓްރަކްޗަރަށް އިންވެސްޓްކުރުމާއި، ޓެކްނޮލޮޖީގެ ބޭނުން ހިފުމާއި، މުޖުތަމަޢު ބައިވެރިކޮށްގެން ހިންގާ މަޝްރޫޢުތައް ކުރިއށް ގެންދިއުން ހިމެނޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި ފޯރަމްގައި ފަންނީ އެކި ސެޝަންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ. މީގެތެރޭގައި ލޮނުފެން މީރުފެނަށް ހެދުމުގެ ނިޒާމުތަކާއި، ފެން ރައްކާތެރިކުރުމާއި، ވާރޭފެން ނެގުމުގެ ނިޒާމުތައް ހަރުދަނާކުރުމާ ގުޅޭގޮތުން ގައުމުތަކުގެ މެދުގައި ތަޖުރިބާ ހިއްސާކުރުން ހިމެނެއެވެ. މި ފޯރަމްގެ މަގްސަދަކީ ޖަޒީރާ ގައުމުތަކަށް ދިމާވެފައިވާ މި ބޮޑު ގޮންޖެހުމުން އަރައިގަތުމަށްޓަކައި ދެމެހެއްޓެނިވި ހައްލުތަކެއް ހޯދުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ