ގުދަނެއްގައި ރޯވުން: 25 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ދީފި

ހުޅުމާލޭ ފޭސް އެކެއްގައި ހުރި ގުދަނެއްގައި ރޯވި ހާދިސާއާ ގުޅިގެން ތިން އެޕާޓްނަންޓެއްގެ 25 މީހުންނަށް ވަގުތީ ބޯހިޔާވައިކަން ދޭން ޖެހިފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖުމެންޓު އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.
ހުޅުމާލޭ ޗަނބޭލީ، ފަސްވަނަ ގޯޅިތެރޭގައި، ހަ ފަންގިފިލައަށް ހުރި ލޮޓް ނަންބަރ 11154 ގޭގައި ހުރި ގުދަނެއްގައި ރޭ ދަންވަރު ރޯވެފައިވާއިރު، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔާ ސްޓޭޝަނުގެ ފަަޔަފައިޓަރުން ހަރަކާތްތެރިވެ، ރޯވި އަލިފާން ވަނީ ނިއްވާލައިފައެވެ.
އެހާދިސާގައި އެ ގުދަނުގައި ހުރި ތަކެއްޗަށްވެސް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.
އެންޑީއެމް އޭއިން ބުނީ، ޗަނބޭލީ ގޯޅީގައި ހަ ފަންގިފިލާއަށް ހަދާފައި ހުރި އިމާރާތެއްގެ ތިރީގައި ހުރި ގުދަނެއްގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެ އިމާރާތުގެ ކަރަންޓް ޕެނެލް ހަލާކުވުމުގެ ސަބަބުން މުޅި އިމާރާތުން ކަރަންޓް ކެނޑިފައިވާ ކަމަށެވެ.
އެހެންކަމުން އެ އިމާރާތުގެ ތިން އެޕާޓްމަންޓަކުން 25 މީހުންނަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމް ހަމަޖައްްސާފައިވާކަމަށްވެސް ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ