ހުޅުމާލެ ފޭސް 3 ހިއްކުމުގެ %74.6 ނިމިފައިވާކަމަށް އެ މަސައްކަތް ކުރާ، އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން އިއްޔެ ބުނެފި އެވެ.
ވީ ކިހިނެއް؟ - ހުޅުމާލެ ފޭސް 3 ގެ ނުހިއްކާ އޮތް ބައި ހިއްކުމުގެ މަސައްކަތް ކުރަނީ އެމްއޭސީއެލްގެ ސަބްސިޑަރީ ކުންފުންޏަކުންނެވެ.
ތަފްސީލް - އެ ކުންފުނިން އިއްޔެ ބުނީ މިހާތަނަށް 47 ހެކްޓަރުގެ ބިން ހިއްކާފައިވާ ކަމަށާއި މިއީ ޖުމްލަ މަސައްކަތުގެ %74.6 ކަމަށެވެ.
ދެ ޑްރެޖަރު ބޭނުންކޮށްގެން އެ ސަރަހައްދު ހިއްކުމުގެ މަސައްކަތް ކުރަމުން އަންނައިރު ހަލުވިކަމާއެކު މަސައްކަތް ކުރިއަށްދާކަމަށް ވެސް އެމްއޭސީއެލް އިން ބުންޏެވެ.
ރައީސް މުހައްމަދު މުއިއްޒު މިދިޔަ މަހު ވިދާޅުވީ:
ހުޅުމާލެ 3 ހިއްކުމުގެ މަސައްކަތް މި އަހަރުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް
އަންނަ މާޗު ނުވަތަ އޭޕްރީލް މަހާ ހަމައަށް މާލެ ސަރަހައްދުގައި ބޯހިޔާވަހިކަމަށް ހިއްކަން ޖެހޭ ހުރިހާ ބިމެއް ހިއްކައި ނިމޭނެ ކަމަށް ވެސް ރައީސް ވިދާޅުވެފައިވޭ
ގުޅުން ހުރި - ހުޅުމާލެ ފޭސް 3 ހިއްކަން ފަށާފައިވަނީ ހުޅުމާލޭގެ މާސްޓަޕްލޭނަށް ބޮޑެތި ބަދަލުތައް ގެނައުމަށްފަހު އެވެ.
ކުރިން ޕްލޭންކޮށްފައި އޮތީ ހުޅުމާލޭ ދެ ވަނަ ފިޔަވަހީގެ ހުޅަނގު ފަރާތުފަޅުގެ ކަނޑު ތޮށި ހިމަނައިގެން ބައިނަލްއަގުވާމީ ފެންވަރުގެ ކްރޫޒް ޓާމިނަލެއް ހަދާ ގޮތަށެވެ. ޓާމިނަލް އަޅާނެ ބަޔަކު ހޯދަން އިއުލާންކުރުމުން އޭގެ ތަޖުރިބާ ހުރި ބޮޑެތި ކުންފުނިތަކުން ޝައުގުވެރިކަން ފާޅުކުރި ކަމަށް އެޗްޑީސީން ކުރިން ބުނެފައިވެ އެވެ.
ނަމަވެސް، މުޅި މާސްޓަ ޕްލޭން ބަދަލުކޮށް، ދެ ވަނަ ފިޔަވަހީގެ ފަޅު ހިއްކައި އެ ތަނުން ގޯތި ދޭން ސަރުކާރުން ނިންމީ މިދިޔަ ރިޔާސީ އިންތިހާބާ ދިމާކޮށެވެ.
މި ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން އެޗުޑީސީއިން ވަނީ ހުޅުމާލެ ފޭސް ތިނެއްގެ މާސްޓަޕްލޭން ބަދަލުކޮށްފަ އެވެ.
ހުޅުމާލެ ފޭސް 3 ހިއްކުމުގެ %74 މަސައްކަތް ނިމިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ