ހޯރަފުށީގެ މޯލްޑިވިއަން އޮފީހުގެ ދޮރު ހަލާކުކޮށް ދެ ކާގޯ ފޮށިގަނޑު ވަގަށް ނަގައިފި
ހޯރަފުށީ އެއާޕޯޓުގައި ހުންނަ މޯލްޑިވިއަން އޮފީހުގެ އޮފީހުން ރޭ ދަންވަރު ދެ ކާގޯ ފޮށިގަނޑު ވަގަށް ނަގައިފި ކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން މިއަދު "ސަން" އަށް ބުނީ ދޮރު ހަލާކުކޮށްލައިގެން ވަދެ އެ އޮފީހުން ވައްކަން ކޮށްފައިވާ މައްސަލައެއް، ރޭ ދަންވަރު 03:58 އެހާކަންހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. މިހާތަނަށް ބެލިބެލުމުން އެ އޮފީހުން ވަގަށް ނަގާފައިވަނީ ކާގޯ ދެ ފޮށިގަނޑުކަން އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ މިމައްސަލައާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށެވެ. ފުލުހުން ދަނީ މައްސަލަ ދަނީ ތަހުގީގު ކުރަމުންނެވެ. އެއާޕޯޓްތަކަކީ 24 ގަޑިއިރު ތެރޭގައި ވަރުގަދަ ސެކިއުރިޓީއެއް ދަމަހައްޓާ ތަންތަނެވެ. މިދިޔަ އޮކްޓޯބަރު މަހުގެ 27ވަނަ ދުވަހުގެ ފަތިހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވެސް ބޮޑު ވައްކަމެއް ކޮށްފައިވެއެވެ. ޓެކްސީއެއްގައި ބަޔަކު އެއާޕޯޓަށް ގޮސް ޑޮލަރު ހުރި ސޫޓުކޭސްތައް ފޭރިގަނެގެން ފިލީ ލޯންޗެއްގައެވެ. އެ ލޯންޗު އަތުލައިގަތްކަން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު ޢަލީ އިޙްސާން އެ ދުވަހު ވިދާޅުވި ނަމަވެސް، ގެއްލުނު ފައިސާއަށްވީ ގޮތް އަދިވެސް ފުލުހުން ހާމަކޮށްފައި ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ