ތޮއްޑޫ މެމްބަރު ޝިޔާން ވެސް އެނބުރި އެމްޑީޕީއަށް
ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން، ދަ ޑިމޮކްރެޓްސް ދޫކޮށް އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފި އެވެ.ޝިޔާން އެމްޑީޕީ އަލުން ގުޅިވަޑައިގެން އެމްޑީޕީގެ މެމްބަޝިޕް ފޯމް މިރޭ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ހަވާލު ކުރެއްވި އެވެ.ޝިޔާން އެމްޑީޕީއާ ގުޅިވަަޑައިމިގަތީ ދަ ޑިމޮކްރެޓްސްގެ ހަރަކާތްތަކާ އޭނާ ދުރުގައި އުޅުއްވާތާ ދުވަސްވަތަކެއް ވުމަށް ފަހު އެވެ. ނަމަވެސް އޭނާ އެ ޕާޓީ ދޫކޮށްލެވީ ކީއްވެގެން ކަމެއް ނޭނގެ އެވެ.ޝިޔާން އަކީ ދަ ޑިމޮކްރެޓްސް އުފެއްދުމަށްޓަކައި، އެމްޑީޕީން ފުރަތަމަ ވަކިވެވަޑައިގެންނެވި 13 މެމްބަރުންގެ ތެރެއިން މެމްބަރެކެވެ.އެމްޑީޕީން ވަކިވުމަށްފަހު ޝިޔާން ގެންދެވީ ރައީސް ސޯލިހަށާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އަދި ރައީސް ސޯލިހު ނޫން ގޮތެއް ހޯދަންޖެހޭ ކަމަށްވެސް ވިދާޅުވެފައިވެއެވެ.ޝިޔާން މިއަދު އެމްޑީޕީއާ ގުޅިވަޑައިގެންނެވި އިރު، މަޖިލީހުގެ ކުޅުދުއްފުށީގެ ދާއިރާގެ މެމްބަރު ޔާސިރު ލަތީފުވެސް ވަނީ ދަ ޑިމޮކްރެޓްސް ދޫކުރައްވައި އެނބުރި އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ.ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފު ވަނީ ދަ ޑިމޮކްރެޓްސް ދޫކޮށް، މި މަހުގެ 15 ވަނަ ދުވަހު އެނބުރި އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ