ރައީސް ނަޝީދު ދަ ޑިމޮކްރެޓްސް އަށް ސޮއެ ކުރައްވަނީ މޫސުން: ވިއްސާރަވެފަ ކަނޑުތައް ގަދަވާނެ، ސަމާލުވޭ! އައްޑޫ އަދި ފުވައްމުލަކުގައި އުފެދޭ ނުރައްކާތެރި ކުނި އަދި ކެމިކަލް، ހިތަދޫގައި ހުންނަ ފެކްޓްރީއަށް ގެންދާނެ ބަޔަކު ހޯދަނީ ކްރިކް ރިޒާ ބަލިވުމުން މިއަދުގ

ހއ.އަތޮޅުން ފެށިގެން ލ.އަތޮޅަށް މޫސުން ގޯސްވެ، ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހޭނޭކަމަށް ލަފާކޮށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން އެ ސަރަޙައްދަށް ހުދު ސަމާލު ނެރެފިއެވެ.
އަދި ކޮޅިގަނޑުގައި ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދު ބާރުމިނެއްގައި ވައިގަދަވާނޭ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނޭ ކަމަށް ވެސް އެ އިދާރާ އިން ލަފާކޮށްފައިވެއެވެ.
އަދި ކަނޑުތައް ގަދަވާނޭ ކަމަށް ލަފާކުރެވޭ ކަމަށްވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.
މި ސަރަޙައްދުގެ ރަށްތަކަށް ހުދު ސަމާލު ނެރެފައިވަނީ މިއަދު ހަވީރު 5:45 އިން މިރޭ 11:45 އަށެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ވައި ގަދަވެ މޫސުން ގޯސްވުމުގެ ސަބަބުން ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ