މައުމޫނަކީ ހުރިހާ ކަމެއް ދަންނަ ބޭކަލަކަށް ވެގެން އެންމެ މޮޅު މީހާ ކަމަށް ހެދިގެން 30 އަހަރު ވެރިކަން ކުރި ކުރީގެ ރައީސެވެ. ފަލަކީ އިލްމުގެ ފޮތްތައް ގެނެސްގެން އޭގައި ހުންނަ ވާހަކަ ތަކުން ރަސްމިއްޔާތު ތަކުގައި ފޮނި ކެނޑި ރައީސެވެ. އެންމެނަށް އިންޓަރނެޓް ލިބި ފަލަކީ އިލްމުގެ މައުލޫމާތު އެންމެ ކުޑަ ކުއްޖާއަށް ވެސް މިޒަމާނުގައި ލިބެން އެބަހުއްޓެވެ. އެހެނެއް ކަމަކު މިހާރު ވެސް އެމައުލޫމާތު އަމިއްލައަށް ޓްވީޓް ކުރައްވައިގެން ހަނދުހުރި ދަރަޖައާ ދިޔަވަރާ އޮއިވަރު އޮތްދިގަށް އެބަ ކިޔައިދެއެވެ.
ވޯލްޑްކަޕް ފެށެން ތައްޔާރުވި ތަނާ ހެނދުނާ ކަރުދަމާ ވާންކޮށް ދެފިޔަ ތަޅައިގަނެ އަޑުގަ ނެތްތަނަށް މައުމޫނުގެ ޓްވީޓެއް އައީ ކުޅުންތެރިންގެ ނަމާ ގުޅޭ ގޮތުންނެވެ. ވޯލްޑްކަޕާ ގުޅުވާ، ޒުވާނުންނަށް ކެޓިލާ މީހާ ފޭމް ވެލަން ރަނގަޅު ވަގުތެއް ވިއްޔާއެވެ.
ކުޅުންތެރިންގެ ނަން ކިޔަންވާނީ ރަނގަޅަށް ކަމަށް މައުމޫނު އެދުރު ކަލޭފާނު ވިދާޅުވީއެވެ. ކިޔަންވާނީ ބެންޒެމާއެއް ނޫނޭ ބެންޒީމާ ކަމަށް އަންގަވަތްޕެވެ.
ދެރަކަމަކީ މި ފަހަރުގެ ވޯލްޑްކަޕްގައި ބެންޒީމާ ނޫނީ ބެންޒެމާއަށް ނުކުޅެވޭކަން މައުމޫނަށް މުޅިން ސާފުވެފައި ނެތި ޓްވީޓެއް ކުރީ ކަމަށް ގަބޫލު ކުރެވިގެން ޒުވާނުން އެކި ތަންތާ ތިބެ މިއަދު އެހެރަ ހޭ ހުނުމެވެ. ސީރިއަސް ނޫނިއްޔާ ޖޯކަށް ވެސް މައުމޫނުގެ ވާހަކަ ދެއްކުމަކީ އެދުރުކަލޭފާނުގެ ބޭނުމަކީ ތޯއްޗެކެވެ.
ޒުވާނުންނަށް ކެޓެން އުޅެ މައުމޫނު ގާބިހެއް އަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ