ޞިއްޙީ ދާއިރާއިން ދިވެހި ދަރިވަރުންނަށް އިންޓާންޝިޕްގެ ފުރުޞަތު އިތުރުކުރުމަށް މަޝްވަރާކުރައްވައިފި މަސްވެރިންނަށް ދޭންޖެހޭ ފައިސާ އަންނަ ހަފުތާގެ ނިޔަލަށް ދައްކާ ޚަލާސްކުރެވޭނެ: މިފްކޯ ކަނޑުދަތުރު ކުރުމުގެ ކަންކަމުގައި އަންހެނުންގެ ދައުރު ފުޅާކުރާނަން: އ

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިއުޔޯކްގައި ހުންނަ ގޫގުލްގެ އޮފީހަށް ޒިޔާރަތްކުރައްވައި އެ އޮފީހުގެ އިސްވެރީންނާ މަޝްވަރާ ކުރައްވައިފިއެވެ.
ގޫގުލް އޮފީހަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވީ ގޫގުލް ޕަބްލިކް ސެކްޓަރގެ ސީ.އީ.އޯ، ކެރެން ދޭހަތް އެވެ.
‎ގޫގުލް އޮފީސް ބައްލަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ގޫގުލްގެ ޓީމާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި، އާންމު ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އާޓިފިޝަލް އިންޓަލިޖެންސް ބޭނުންކުރުމާއި ޑިޖިޓަލް ލިޓަރަސީ އަދި މޫސުމަށް އަންނަ ބަދަލުތަކަށް ވިލުންތެރިކަން އިތުރުކުރުމުގައި ޑޭޓާގެ މައްޗަށް ބިނާވެފައިވާ ޙައްލުތައް ހޯދުންފަދަ ދާއިރާތަކުގައި ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
‎ރައީސުލްޖުމްހޫރިއްޔާ ނިއުޔޯކަށް ވަޑައިގެންނެވީ އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށެވެ. މިއީ ރައީސް އދ.ގެ އާންމު މަޖިލީހުގައި ބައިވެރިވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. އެމަނިކުފާނުގެ މި ދަތުރުފުޅު ދިމާވަނީ ރާއްޖެ އދ.ގެ މެންބަރު ގައުމަކަށް ވީތާ 59 އަހަރު ފުރޭ މުނާސަބަތާ ވެސް މެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ