އިސްރާއީލުގެ އަނިޔާވެރި
ބޮޑުވަޒީރު ބެންޔަމިން ނަތައްޔާހޫ ހައްޔަރުކުރަން އިންޓަރނޭޝަނަލް ކްރިމިނަލް
ކޯޓުން އަމުރުކޮށްފިއެވެ.
ނަތަންޔާހޫގެ
އިތުރުން، ޑިފެންސް މިނިސްޓަރަކަށް ކުރިން ހުރި ޔޮއާވް ގަލަންޓް ހައްޔަރު
ކުރުމަށްވެސް އައިސީސީން އަމުރު ނެރެފައިވެއެވެ.، ނަތަންޔާހޫވަނީ މި މަހުގެ ކުރީކޮޅު
ގަލަންޓް މަގާމުން ދުރުކޮށްފައެވެ.
ނަތަންޔާހޫއާއި ގަލަންޓް
ހައްޔަރު ކުރުމުގެ އަމުރު އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުން މި ނެރުނީ، ކޯޓަށް
ހުށަހެޅުނު މައްސަލަ ތަހްގީގު ކުރުމަށްފަހު އަމުރު ނެރުމާމެދު މަހެއްހާ ދުވަހު
ފުންކޮށް ވިސްނުމަށް ފަހުއެވެ.
އައިސީސީން މިފަދަ
އަމުރެއް މި ނެރުނީ، އެކަން ނުކުރުމަށް އިސްރާއީލަށް ވާގިވެރިވާ ގައުމުތަކުން
ކޯޓަށް ބޮޑެތި ބިރުދެއްކުންތައް ކުރިއަށް ގެންދަނިކޮށްވެސްމެއެވެ.
ނަތަންޔާހޫއާއި ގަލަންޓް
ހައްޔަރު ކުރުމުގެ އަމުރު ނެރުނީ، 2023
ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 8 ވަނަ ދުވަހާއި، 2024 ވަނަ އަހަރުގެ
މެއިމަހުގެ 20 ވަނަ ދުވަހާ ދެމެދު ހިންގާފައިވާ އިންސާނިއްޔަތާ ޚިލާފް
ޖަރީމާތަކާއި، ހަނގުރާމައިގެ ޖަރީމާތަކުގެ މައްސަލައިގައި ކަމަށް އައިސީސީން
ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
ބަޔާނުގައި ބުނެފައިވަނީ،
ޣައްޒާގެ އާންމުންނަށް، ދިރިހުރުމަށް ކޮންމެހެން ބޭނުންވާ ތަކެތިން މަހުރޫމްކޮށް، ކާނާއާއި
ފެނާއި ބޭހާއި ސިއްހީ ސާމާނު އެތެރެކުރިޔަނުދީ، އަދި ކަރަންޓް ކަނޑާލައި ތެޔޮ
އެތެރެކުރުން، ނަތަންޔާހޫއާއި ގަލަންޓް ހުއްޓުވީ ގަސްތުގައި ކަމަށް ގަބޫލު ކުރެވޭ
ވަރަށް ހެކިތައް ކޯޓަށް ލިބިފައިވާ ކަމަށެވެ.
އިންޓަރނޭޝަނަލް
ކްރިމިނަލް ކޯޓުގެ އިހްތިސާސްއާ ގުޅޭގޮތުން އިސްރާއީލުން ހުށަހަޅާފައިވާ މައްސަލައަށް
ރައްދުދެމުން އައިސީސީގެ ބަޔާނުގައި ބުނެފައިވަނީ، ކޯޓުގެ އިހްތިސާސް އިސްރާއީލުން
ގަބޫލުކުރުން އެއީ ކޯޓަށް މުހިންމު ކަމެއް ނޫން ކަމަށެވެ.
ނަތަންޔާހޫއާއި،
ގަލަންޓުގެ އިތުރުން، ންޓަރނޭޝަނަލް ކްރިމިނަލް ކޯޓުންވަނީ، ހަމާސްގެ ލީޑަރެއް
ކަމަށްވާ މުހައްމަދު ދިއާބް އިބްރާހިމް އަލް-މަސްރީ ހައްޔަރު ކުރުމަށްވެސް އަމުރު
ކޮށްފައިވެއެވެ.
ނަތަންޔާހޫއާއި،
ގަލަންޓް ހައްޔަރުކުރަން އައިސީސީން އަމުރުކުރުމުން އިސްރާއީލުގެ ވެރިންނާއި،
އެމެރިކާއިން ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށް ކޯޓުގެ އަމުރާ ދެކޮޅު ހަދަމުން
އެބަގެންދެއެވެ.
ނަތައްޔާހޫ ހައްޔަރުކުރަން އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުން އަމުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ