މާލޭގެ ގެއެއްގައި މިއަދު ހެނދުނު ރޯވި އަލިފާން ނިއްވާލާފައިވާ ކަމަށާއި އެކަމަކު އެ ހާދިސާގައި ދުމުގެ އަސަރުކުރި މީހަކަށް ފަރުވާ ދެމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
އެ ހާދިސާ ހިނގާފައިވަނީ މައްޗަންގޮޅި އާމިނާރަނި ހިނގުމުގައި ހުންނަ މއ. ސުއްކަތުރާ ގޭގަ އެވެ.
އެމްއެންޑީއެފުން ބުނީ އަލިފާނުގެ ހާދިސާއެއް ހިނގައިގެން ރިޕޯޓުކުރީ ހެނދުނު 9:46 ހާއިރު ކަމަށެވެ.
އަލިފާން ރޯވީ އެ ގޭގެ ބަދިގެ އާއި ސިޓިންގް ރޫމް ހިމެނޭ ބައިގައި ހުރި ކަބަޑު ސެޓެއްގެ ތިރީ ބައިގައި ކަމަށާއި ފަޔަ އެންޑް ރެސްކިއު އިން ކުރި މަސައްކަތުން، މިހާރު އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
އެ ހާދިސާގައި ދުމުގެ އަސަރުކުރި މީހާއަށް ފަރުވާ ދޭން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ބުންޏަސް އިތުރު ތަފްސީލެއް ނުދެ އެވެ.
އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަންނަނީ ތަހުގީގު ކުރަމުންނެވެ.
ގެއެއްގައި ރޯވެ ދުމުގެ އަސަރުކުރި މީހަކަށް ފަރުވާ ދެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ