މާފުށީ ޖަލު ބަލައި، ފާސްކުރަން އޮޕަރޭޝަނެއް ފަށައިފި

މާފުށީ ޖަލު ބަލައި، ފާސްކުރަން މިއަދު އޮޕަރޭޝަނެއް ފަށައިފިއެވެ. މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުނީ، ފުލުހުންނާ ގުޅިގެން މާފުށީ ޖަލުގައި ސާޗް އޮޕަރޭޝަނެއް ކުރިއަށްދާ ކަމަށެވެ. ނަމަވެސް، މި ކަމާ ގުޅޭ އިތުރު ތަފުސީލެއް ހާމައެއްނުކުރެއެވެ. ޖަލަށް ވަގަށް ފޯނާއި މަސްތުވާތަކެތި ވެއްދުމަކީ ބޮޑުވެފައި އޮތް މައްސަލައަށް ވާއިރު، އެ ކަންކަން ކުރާތީ މީގެކުރިން ވެސް މާފުށީ ޖަލު ބަލައި ފާސްކުރުމުގެ އޮޕަރޭޝަންތައް ހިންގާފައި އެބަހުއްޓެވެ. އެ މައްސަލައަށް ހައްލެއް ހޯދަން ފެބްރުއަރީ 28 ގައި ވަނީ އެ ޖަލުގައި ޒަމާނީ ބޮޑީ ސްކޭނިން މެޝިނެއް ވެސް ބަހައްޓާފައެވެ. ކަރެކްޝަންސްގެ މުވައްޒަފުންނާއި ޖަލުން އަތުލައިގެން ބައެއް ޑިވައިސްތައް: ޖަލުގައި ތިބެ ފޭރޭ މައްސަލަ ބޮޑު -- ސަން ގްރެފިކްސް މިދިޔަ އަހަރު ކަރެކްޝަނުން ވަނީ ޖަލުން ކުރާ ކޯލްތައް ރިޕޯޓު ކުރެވޭނެ ނިޒާމެއް ގާއިމުކޮށް، ޖަލުތަކުން ކުރާ ކޯލެއް ކަމަށް ޝައްކުކުރެވޭނަމަ ރިޕޯޓުކުރުމަށް އެދިފައެވެ. ޖަލުން ސްކޭމް ކުރުން ހުއްޓުވުމަށް، ފޯނުން ނުގުޅޭ ގޮތް ހަދަން ޖޭމަރު ހަރުކުރުމަކީ އެހެން ބައެއް ގައުމުތަކުގައި ކުރާ ކަމެކެވެ. ނަމަވެސް، ޖޭމަރު ހަރުކުރުމުގެ ބަދަލުގައި ޖަލަށްދާ މީހުން ސްކޭންކުރަން މާފުށީ ޖަލުގައި ބޮޑީ ސްކޭނިން މެޝިނެއް ބަހައްޓައި، މި އަހަރު ވަނީ ބޭނުންކުރަން ފަށާފައެވެ. https://sun.mv/223406 އޭގެއިތުރަށް، ސެކިއުރިޓީ ވަރުގަދަ ކުރުމަށް މިދިޔަ ހޯމަ ދުވަހު އެ ޖަލުގައި ވަނީ ބެގޭޖް ސްކޭނާ މެޝިނެއް ވެސް ވަނީ ބޭނުން ކުރަން ފަށާފައެވެ. ކަން އެހެން އޮތްއިރު، ޖަލުތަކަށް މަސްތުވާތަކެތި ވެއްދުމުގައި ކަރެކްޝަނަލް ސާވިސަސްގެ 18 މުވައްޒަފަކު ބައިވެރިވާކަން އެނގި، އެ މީހުންގެ އެކައުންޓުތަކުގައި 73 މިލިއަން ރުފިޔާ ހުރިކަން ފުލުހުން ހިންގި ތަހުގީގަކުން ހާމަވި މައްސަލައެއް 2024ގައި ފެންމަތިވިއެވެ. އޭރު އެ ޖަލު އޮފިސަރުންގެ ފޮޓޯއާއި ވަނަވަރު ވެސް ހާމަކުރިއެވެ. އަދި، ހެކި ހުރުމުން ދައުވާ ވެސް އުފުލިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ