ރޭސިން އަދި ޑްރިފްޓް ސްޕޯޓްސް އެރީނާއެއް ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ރޭސިން އަދި ޑްރިފްޓް ސްޕޯޓްސް އެރީނާއެއް ތަރައްގީ ކުރުމަށް މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނެސް އެންޑް ރިކްރިއޭޝަން އާއި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަނާ ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނެސް އެންޑް ރިކްރިއޭޝަންގެ ފަރާތުން ސޮއިކޮށްފައިވަނީ މިނިސްޓަރު އަބްދުﷲ ރާފިއު އަދި އެޗްޑީސީ ގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދެވެ.
މި މަޝްރޫއުއަކީ ސަރުކާރުން ތަފާތު ކުޅިވަރުތައް ކުރިއެރުވުމަށް ހާއްސަ އިސްކަމެއް ދީގެން ކުރިއަށް ގެންދާ މަޝަރޫއެކެވެ. އެޗްޑީސީ އިން ބުނީ މި މަޝްރޫއުގެ މައިގަނޑު މަގްސަދަކީ މޮޓޯ ސްޕޯޓްސްއަށް އެކަށޭނެ ސަރަހައްދެއް ތަރައްގީކުރެވިފައި ނުވާތީ ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުން ކަމަށެވެ. އަދި ރޭސިން އާއި ޑްރިފްޓް ސްޕޯޓްސް އެރީނާ ތަރައްގީކުރުމުން ރައްކާތެރި ގޮތެއްގައި މޮޓޯ ސްޕޯޓްސް ގެ ހަރަކަތްތައް ކުރިއަށް ގެންދިއުމުގެ ފުރުސަތު ހޯދައިދިނުންކަމަށް އެޗްޑީސީ އިން ވަނީ ބުނެފައެވެ،
ޒުވާނުންނަށް ތަފާތު ކުޅިވަރުތަކުގައި ބައިވެރިވުމުގެ ފުރުސަތު ހޯދައިދީ، ހުނަރު ތަރައްގީ ކުރުމަށް އެހީތެރިވުމަކީ އެޗްޑީސީ އިން އަބަދުވެސް އިސްކަން ދޭ ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ