ކޮޅު ނެތްކޮޅުގެ މިނިވަން ކަމެއް ރާއްޖޭގައި ދެމެހެއްޓޭނީ ބޭރުގެ ދަރަނިން ސަލާމަތްވެ ތިބެވިގެން: ރައީސް ނަޝީދު

ކޮޅު ނެތްކޮޅެއްގެ މިނިވަން ކަމެއް ރާއްޖޭގައި ދެމެހެއްޓޭނީ ބޭރުގެ ދަރަނިން ސަލާމަތްވެ ތިބެވިގެން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. 
މިނިވަން ދުވަހުގެ ތަހުނިޔާ އާއެކު، ކުރީގެ ރައީސް މުޙައްމަދު ނަޝީދު، މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިނިވަންކަން ދެމެހެއްޓުމަށް ބޭރުގެ ދަރަނިން ސަލާމަތް ވުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ދެކެވަޑައިގަންނަވާ ކަމަށެވެ. 
އަދި ދަރަނި ނެތި އުޅުމުން ސަރުކާރުން ދޭ އެތައް ޚިދުމަތަކުން މަޙްރޫމް ވާނެކަންވެސް ފާހަގަކުރައްވައި، ވިސްނުންތެރިކަމާއެކު ދަރަނި ނެގުމަށް ނަޝީފު ވަނީ އެދިވަޑައިގެންފައެވެ.
Advertisement
އެހެންނަމަވެސް ބުއްދި ވެރިކަން އިސްކުރުން ވަރަށް މުހިންމު 
ކުރީގެ ރައީސް މުހައްމަދު ނަޝީދު
ނަޝީދު މިހެން ވިދާޅުވެފައިވާއިރު، ރާއްޖޭގެ ޕަބްލިކް އަދި ޕަބްލިކް ގެރެންޓީ ދަރަނި 118.9 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ. މިއީ ނިސްބަތުން ރާއްޖޭގެ އާބާދީގެ ބޮލަކަށް ގާތްގަނޑަކަށް ގާތްގަނޑަކަށް 227,812ރ ގެ ދަރަންޏެކެވެ.
އެހެންކަމުން، ދަރަނި ރީ ސްޓްރަކްޗަރ ކުރަންޖެހޭ ކަމަށް، މަޖިލީހުގައިވެސް ތަކުރާރުކޮށް، މީގެ ކުރިން ނަޝީދު ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ